ދިވެހިރާއްޖެ
""އިންޓަނޭޝަނަލް ސްޓޭންޑަޑްސް އޮން އޮޑިޓިންގ" ގެ ޓްރޭނިންގ ޕްރޮގްރާމެއް ހިންގައިދިނުމަށް ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލުން"
މީރާގައި ކަމަށް ޤާބިލު، ކަމާ ބެހޭ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ރަނގަޅަށް ދަންނަ އޮޑިޓް ޓީމެއް ތައްޔާރުކުރުމަށްޓަކައި އިންޓަރނޭޝަނަލް ސްޓޭންޑަރޑްސް އޮން އޮޑިޓިންގ (“ISA”) ޓްރޭނިންގ ޕްރޮގްރާމެއް ހިންގުމަށް ބޭނުންވެއެވެ.
ވީމާ، އައި.އެސް.އޭ ގެ ޓްރޭނިންގ ޕްރޮގްރާމެއް މާލޭގައި ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ޕްރޮގްރާމުގައިތިރީގައިވާ ކަންތައްތައް ހިމަނަންވާނެއެވެ. އެހެންނަމަވެސް، މީގެ އިތުރަށްވެސް ބައިތައް ހިމެނިދާނެއެވެ.
- މާލީ ހިސާބުތައް ތައްޔާރުކުރުމާއި ހުށަހެޅުމުގެ އޮނިގަނޑާއި އޭގެ ރޯލް
- ތިރީގައިވާ “ISA” ތައް، އަދި އޭގެ ޢަމަލީ ބޭނުން:
ISA 200 – އޯވަރ އޯލް އޮބްޖެކްޓިވްސް އޮފް ދަ އިންޑިޕެންޑަންޓް އޮޑިޓަރ އެންޑް ދަ ކޮންޑަކްޓް އޮފް އެން އޮޑިޓް އިން އެކޯޑަންސް ވިތު އިންޓަރނޭޝަނަލް ސްޓޭންޑަރޑްސް އޮން އޮޑިޓިންގ
ISA 210 – އެގްރީންގ ދަ ޓަރމްސް އޮފް އޮޑިޓް އެންގޭޖްމަންޓްސް
ISA 220 – ކޮލިޓީ ކޮންޓްރޯލް ފޮރ އެން އޮޑިޓް އޮފް ފައިނޭންޝިއަލް ސްޓޭޓްމަންޓް
ISA 230 – އޮޑިޓް ޑޮކިއުމެންޓޭޝަން
ISA 240 – ދަ އޮޑިޓަރސް ރެސްޕޮންސިބިލިޓީސް ރިލޭޓިންގ ޓު ފްރޯޑް އިން އެން އޮޑިޓް އޮފް ފައިނޭންޝިއަލް ސްޓޭޓްމަންޓްސް
ISA 250 – ކޮންސިޑަރޭޝަން އޮފް ލޯސް އެންޑް ރެގިއުލޭޝަންސް އިން އެން އޮޑިޓް އޮފް ފައިނޭންޝިއަލް ސްޓޭޓްމަންޓްސް
ISA 260 – ކޮމިއުނިކޭޝަން ވިތު ދޯސް ޗާޖްޑް ވިތު ގަވަރނަންސް
ISA 265 – ކޮމިއުނިކޭޝަން ޑެފިޝަންސީސް އިން އިންޓަރނަލް ކޮންޓްރޯލް ޓު ދޯސް ޗާޖްޑް ވިތު ގަވަރނަންސް އެންޑް މެނޭޖްމަންޓް
ISA 300 – ޕްލޭނިންގ އެން އޮޑިޓް އޮފް ފައިނޭންޝިއަލް ސްޓޭޓްމަންޓްސް
ISA 315– އައިޑެންޓިފައިންގ އެންޑް އެސެސިންގ ދަ ރިސްކްސް އޮފް މެޓީރިއަލް މިސްސްޓޭޓްމަންޓް ތުރޫ އަންޑަރސްޓޭންޑިންގ ދި އެންޓިޓީ އެންޑް އިޓްސް އެންވަޔަރަމަންޓް.
ISA 320 – މެޓީރިއަލިޓީ އިން ޕްލޭނިންގ އެންޑް ޕަރފޯމިންގ އެން އޮޑިޓް
ISA 330 – ދަ އޮޑިޓަރސް ރެސްޕޮންސަސް ޓު އެސެސްޑް ރިސްކްސް
ISA 402 – އޮޑިޓް ކޮންސިޑަރޭޝަންސް ރިލޭޓިންގ ޓު އެން އެންޓިޓީ ޔޫސިންގ އަ ސަރވިސް އޮގަނައިޒޭޝަން
ISA 450 – އިވެލުއޭޝަން އޮފް މިސްސްޓޭޓްމަންޓްސް އައިޑެންޓިފައިޑް ޑިއުރިންގ ދަ އޮޑިޓް
ISA 500 – އޮޑިޓް އެވިޑަންސް
ISA 501 – އޮޑިޓް އެވިޑަންސް-ސްޕެސިފިކް ކޮންސިޑަރޭޝަންސް ފޮރ ސިލެކްޓަޑް އައިޓަމްސް
ISA 505 – އެކްސްޓަރނަލް ކޮންފަރމޭޝަންސް
ISA 510 – އިނިޝިއަލް އޮޑިޓް އެންގޭޖްމަންޓްސް-އޯޕަނިންގ ބެލެންސެސް
ISA 520 – އެނަލިޓިކަލް ޕްރޮސިޖަރސް
ISA 530 – އޮޑިޓް ސާމްޕަލިންގް
ISA 540 – އޮޑިޓިންގ އެކައުންޓިންގ އެސްޓިމޭޓްސް އިންކްލޫޑިންގ ފެއަރ ވެލިއު އެކައުންޓިންގ އެސްޓިމޭޓްސް އެންޑް ރިލޭޓެޑް ޑިސްކްލޯޝަރސް
ISA 550 – ރިލޭޓެޑް ޕާޓީސް
ISA 560 – ސަބްސީކުއެންޓް އިވެންޓްސް
ISA 570 – ގޮއިންގ ކޮންސަރން
ISA 580 – ރިޓްން ރެޕްރެޒެންޓޭޝަންސް
ISA 600 – ސްޕެޝިއަލް ކޮންސިޑެރޭޝަންސް-އޮޑިޓްސް އޮފް ގްރޫޕް ފައިނޭންޝިއަލް ސްޓޭޓްމަންޓްސް އިންކްލޫޑިންގ ދަ ވަރކް އޮފް ކޮމްޕޯނެންޓް އޮޑިޓަރސް)
ISA 610 – ޔޫސިންގ ދަ ވަރކް އޮފް އިންޓަރނަލް އޮޑިޓަރސް
ISA 620 – ޔޫސިންގ ދަ ވަރކް އޮފް އެން އޮޑިޓަރސް އެކްސްޕަރޓް
ISA 700 – ފޯމިންގ އެން އޮޕީނިއަން އެންޑް ރިޕޯޓިންގ އޮން ފައިނޭންޝިއަލް ސްޓޭޓްމަންޓްސް
ISA 705 – މޮޑިފިކޭޝަންސް ޓު ދަ އޮޕީނިއަން އިން ދަ އިންޑެޕްންޑަންޓް އޮޑިޓަރސް ރިޕޯޓް
ISA 706 – އެމްފަސިސް އޮފް މެޓަރ ޕެރެގްރާފްސް އެންޑް އަދަރ މެޓަރ ޕެރެގްރާފްސް އިން ދަ އިންޑެޕެންޑެންޓް އޮޑިޓަރސް ރިޕޯޓް
ISA 710 – ކޮމްޕަރެޓިވް އިންފޮމޭޝަން – ކޮރެސްޕޮންޑިންގ ފިގަރސް އެންޑް ކޮމްޕަރޭޓިވް ފައިނޭންޝިއަލް ސްޓޭޓްމަންޓްސް
ISA 720 – ދަ އޮޑިޓަރސް ރެސްޕޮންސިބިލިޓީސް ރިލޭޓިންގ ޓު އަދަރ އިންފޮމޭޝަން އިން ޑޮކިއުމެންޓްސް ކޮންޓެއިނިންގ އޮޑިޓެޑް ފައިނޭންޝިއަލް ސްޓޭޓްމަންޓްސް
- “ISRE 2400” – (އެންގޭޖްމަންޓްސް ޓު ރިވިއު ފައިނޭންޝިއަލް ސްޓޭޓްމަންޓްސް) އަދި އޭގެ ޢަމަލީ ބޭނުން
- “ISAE 3000” (އެޝުއަރެންސް އެންގޭޖްމަންޓްސް އަދަރ ދެން އޮޑިޓްސް އޯ ރިވިއުސް އޮފް ހިސްޓޯރިކަލް ފައިނޭންޝިއަލް އިންފޮމޭޝަން) އަދި އޭގެ ޢަމަލީ ބޭނުން
- “ISRS 4400” (އެންގޭޖްމަންޓްސް ޓު ޕަރފޯމް އެގްރީޑް އަޕްއޮން ޕްރޮސީޖަރސް ރިގަރޑިންގ ފައިނޭންޝިއަލް އިންފޮމޭޝަން) އަދި އޭގެ ޢަމަލީ ބޭނުން
- "IAS" އަށް ގެނައުމަށް ހުށަހެޅިފައިވާ ބަދަލުތަކާއި އަލަށް ތަޢާރަފުކުރުމަށް ހުށަހެޅިފައިވާ ސްޓޭންޑަޑްތަކަށް އަލިއަޅުވާލުން
I. އަމާޒުކުރެވޭ ފަރާތްތައް
މި ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ 30-25 އާ ދެމެދުގެ މުވައްޒަފުން ތަމްރީނުކުރުމަށެވެ. މި ޓްރޭނިންގގައި ބައިވެރިވާނެ ގިނަ ފަރާތްތަކަކީ މިހާރު "ACCA" ގެ ފަންޑަމެންޓަލް ޕޭޕަރުތައް ހަދަމުންދާ މުވައްޒަފުންނާއި "ACCA" އެފިލިއޭޓުންނެވެ.
II. މުއްދަތު
މި ޕްރޮގްރާމު ތައްޔާރު ކުރަންވާނީ 10 މަސައްކަތު ދުވަހުގެ ތެރޭގައި ނިންމޭނެ ގޮތަކަށް، އޮކްޓޫބަރު 2015 ގައި ހިންގުމަށެވެ. ކްލާސްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 11 އިން 22 އަށް ތިރީގައި މިދަންނަވާ ގަޑިތަކުގައެވެ.
- އާދީއްތަ – ބުރާސްފަތި: 16:00 އިން 20:15 އަށް
- ހޮނިހިރު: 09:30 އިން 17:15 އަށް (ލަންޗް ބްރޭކްގެ ގޮތުގައި 12:00 އިން 13:00 ގެ ބްރޭކެއް ހިމަނައިގެން)
III. ޓްރޭނިންގ ހިންގާ ފަރާތުގެ ޒިންމާ
ޓްރޭނިންގ ހިންގާ ފަރާތުން ތިރީގައިވާ ކަންތައްތައް ކުރަންވާނެއެވެ.
- މަތީގައި ބަޔާންކުރެވިފައިވާ ބައިތައް ހިމެނޭގޮތަށް ކޯހަށް ބޭނުންވާ މެޓީރިއަލްތައް، ހޭންޑްއައުޓްތަކާއި ރީޑިންގ މެޓީރިއަލްތައް އަދި އެކްސަސައިޒް، ކޭސް ސްޓަޑީތައް ހިމެނޭ ގޮތަށް ތައްޔާރުކުރުން.
- ޕްރޮގްރާމް ފެށުމުގެ 7 ދުވަހުގެ ކުރިން ކޯހުގެ މެޓީރިއަލްތައް (ސޮފްޓް އަދި ހާޑު ކޮޕީ) މީރާއަށް ފޮނުވަންވާނެއެވެ.
- ޓްރޭނިންގ ސެޝަންތައް ހިންގުން (ޓްރޭނިންގ ސެޝަންތައް ތައްޔާރުކުރެވިފައި ހުންނަންވާނީ ކޮންމެ ސްޓޭންޑަޑަކަށް ކަނޑައެޅިފައިވާ ވަގުތުގެ މަދުވެގެން %75 އެ ސްޓޭންޑަޑް ޢަމަލީ ގޮތުން ބޭނުންކުރުމުގެ ކޮމްޕޯނަންޓުގެ މައްޗަށެވެ).
- ޓްރޭނިންގގައި ބައިވެރިވާ ފަރާތްތަކާ އިންޓަރެކްޓްކޮށް، ޓްރޭނިންގ ސެޝަންތަކުގައި އެ ފަރާތްތަކުން ޢަމަލީގޮތުން ބައިވެރިވުމަށް ބާރުއަޅައި، އެފަރާތްތަކުން ކުރާ ސުވާލުތަކަށް ޖަވާބުދީ އެހީތެރިވެދިނުން.
IV. ޓްރޭނިންގ ހިންގާ ފަރާތުގެ ކޮލިފިކޭޝަންތައް
ޓްރޭނިންގ ހިންގާ ފަރާތަކީ ތިރީގައިވާ ކޮލިފިކޭޝަންތައް ފުރިހަމަވާ ފަރާތަކަށް ވާންވާނެއެވެ.
- އެކައުންޓިންގ ދާއިރާއިން ޤަބޫލުކުރެވޭ ފެންވަރަށް ތަޢުލީމީ ނުވަތަ ޕްރޮފެޝަނަލް ކޮލިފިކޭޝަން ހާސލުކޮށްފައިވުން.
- "IFRS" އާ ގުޅުންހުރި ކޮންސަލްޓަންސީ މަސައްކަތް ނުވަތަ އެ ސްޓޭންޑަޑްތައް ޢަމަލީގޮތުން ބޭނުންކުރަންޖެހޭފަދަ އިސް މަޤާމެއްގައި މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން (ޓެކުހާ ގުޅުންހުރި މަގާމެއްގައި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ).
- މިފަދަ ޓްރޭނިންގތައް އެހެން އިދާރާތަކަށް ހިންގައިދީފައިވާ ފަރާތަކަށްވުން.
V. އިވެލުއޭޓްކުރުމުގައި ބަލާނެ މިންގަނޑު
- ކޯހުގައި ހިމެނޭ ބައިތަކާއި އެ ބައިތައް ޑިޒައިންކުރެވިފައިވާ ގޮތް - %30
- ޓްރޭނިންގ ހިންގާ ފަރާތުގެ ކޮލިފިކޭޝަނާއި ތަޖުރިބާ - %40
- ފީ - %30 (މި ޓްރޭނިންގ ހިންގުމަށް ހުށަހަޅާ ފަރާތްތަކަކީ ބިދޭސީން ކަމަށްވާނަމަ، ދަތުރުފަތުރު އަދި ކެއުމާއި ނިދުމުގެ އިންތިޒާމް ހަމަޖައްސަން ޖެހޭނީ އެފަރާތުންނެވެ. އަދި މިކަމަށް ދާ ޚަރަދު އެފަރާތުން ހުށަހަޅާ އަގުގެ ތެރޭގައި ހިމަނަންވާނެއެވެ).
ޓްރޭނިންގ ހިންގުމަށް އެކަކަށް ވުރެ ގިނަ ފަރާތްތަކުގެ ނަން ހުށަހެޅިދާނެއެވެ. އަދި މިފަދަ ޙާލަތްތަކުގައި، އެފަރާތްތަކުން ހިންގުމަށް ހަމަޖެހިފައިވާ ޓްރެއިނިންގ ސެޝަންތައް ކަނޑައަޅަންވާނެއެވެ.
ޓްރޭނިންގ ހިންގާނެ ކްލާސްރޫމާއި ޕްރޮޖެކްޓަރ އަދި ޕްރޮގްރާމާ ގުޅޭ އެހެނިހެން އިދާރީ ކަންތައްތަކުގެ އިންތިޒާމް ހަމަޖައްސާނީ މީރާއިންނެވެ.
VI. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:
މަސައްކަތުގެ އަގު ވަކިން އިނގޭންނޭހެން ހުށަހެޅުން
- ޖީ.އެސް.ޓީ އަށްވާ ޢަދަދު ވަކިން އެނގޭނެހެން ޖުމްލަ އަގު ހުށަހެޅުން.
- މަސައްކަތް ހަވާލުކުރެވޭނީ މި އޮތޯރިޓީ އަށް އެއްވެސް ފައިސާއެއް ދައްކަން ޖެހިނުދައްކާވާނަމަ އެފައިސާ ދައްކާ ހަލާސް ކުރުމުންނެވެ. (މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ގެ މާލިއްޔަތާ ބެހޭ ސަރކިއުލަރ ނަންބަރު: 07/2011 (27 އެޕްރީލް 2011)
- އެގްރީމެންޓުގައިވާ މުއްދަތުގައި މަސައްކަތް ނުނިމިއްޖެނަމަ، ޖުމްލަ އަގުން ދުވާލަކަށް %0.75 (ސުމެއް ޕޮއިންޓް ހަތެއް ފަހެއް އިންސައްތަ) ޖޫރިމަނާގެ ގޮތުގައި ކެނޑޭނެއެވެ.
- ޖުރިމަނާ ކުރެވޭނީ މަސައްކަތުގެ މުޅި ޖުމްލަ އަގުގެ ހަމަވަންދެނެވެ. އޭގެ ފަހުން މަސައްކަތާއި ހަވާލުވި ފަރާތުން މަސައްކަތް ވަކިކުރުމުގެ އިޚްތިޔާރު މަސައްކަތް ހަވާލުކުރި ފަރާތަށް ލިބިގެންވެއެވެ.
- އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެފަހުން އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.
- އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ.
- މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ގަވާއިދާ އެއްގޮތަށް ޕެންޝަން ސްކީމަށް ފައިސާ ދައްކަމުންދާ ކަމުގެ ލިޔުން ހުށަހެޅުން ( ސަރކިއުލަރ ނަންބަރު 4/2012)
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ އާދީއްތަ ދުވަހާއި ބުރާސްފަތި ދުވަހުގެ 08:30 އާއި 16:30 އާ ދެމެދު ދެމެދު އަލްފާޟިލާ ޢާއިޝަތު ނަޝްފާ 9593 333 (960+)، އީމެއިލް ނަމަ، [email protected] އަށެވެ.
ޝައުޤުވެރިވާ ފަރާތްތަކުން، އެ ފަރާތްތަކުގެ ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި "ޕްރޮޕޯސަލް ޓު ކޮންޑަކްޓް އަ ޓްރޭނިންގ ޕްރޮގްރާމް އޮން އިންޓަނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓޭންޑަޑްސް" މިފަދައިން ޖެއްސެވުމަށްފަހު، 15 ސެޕްޓެންބަރު ވާ ބުރާސްފަތި ދުވަހުގެ 17:00 އަށް ތިރީގައިވާ އެޑްރެހަށެވެ. މި ހުށަހެޅުމާއެކު ކޯހުގައި ހިމެނޭ ބައިތަކުގެ ތަފުސީލާއި، ކޯސް ހިންގާނެ ގޮތް (ލެކްޗަރސް، ޑިސްކަޝަންސް، ކޭސް ސްޓަޑީސް، އެކްސަސައިޒަސް އަދި މިނޫންވެސް އެހެނިހެން ގޮތްތައް) އަދި ޓްރޭނިންގ ހިންގާ ފަރާތްތަކުގެ ވަނަވަރާއި ފީގެ ތަފުސީލު ހިމަނަންވާނެއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
އަމީނީމަގު (2ވަނަ ފަންގިފިލާ)
މާލެ 20379
ދިވެހިރާއްޖެ