މަސައްކަތް
ނަންބަރު: GS53/IUL/2015/25
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 18:14
ސުންގަޑި: 07 ސެޕްޓެންބަރު 2015 11:00
ޖަލާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ހޯލުގެ ލައިޓްތައް ބަދަލުކުރުމާބެހޭ

ސްކޫލް ހޯލުގެ ލައިޓްތައް ބަދަލުކުރުމާބެހޭ

މި ސްކޫލްގެ ހޯލް ތެރޭގައި ހަރުކޮށްފައިވާ ލައިޓްތައް ބަދަލުކުރަން ބޭނުންވެގެން ކުރި ނަންބަރު GS53/2015/25 (ތާރީޚު:19 އޮގަސްޓް 2015) އިޢުލާނާގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާފައިވަނީ ދެ ފަރާތުން ކަމަށްވާތީ, އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރު: (18/2014ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ) ފަރާތްތަކުން 2015 ސެޕްޓެންބަރު 07ވާ ހޯމަ ދުވަހުގެ 11:00ށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ސެޕްޓެންބަރު 10ވާ ބުރާސްފަތި ދުވަހުގެ 11:00ށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

18 ޛުލްޤަޢިދާ 1436

02 ސެޕްޓެންބަރު 2015