ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިހޮސްޕިޓަލް ފޮޅާ ސާފުކުރުން ކޮންޓްރެކްޓަށް ހަވާލުކުރެވިފައިވާ ފަރާތަށް ދޫކޮށްފައިވާ މުއްދަތު ހަމަވާތީ އެމަސައްކަތް އަލުން ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު: 07/2015/އެން.އޭ.އެޗް (25 އޮގަސްޓް 2015) އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެކަށީގެންވާ އަދަދަށްމީހުން ހާޒިރުނުވާތީ އެއިއުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ މިދެންނެވި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 08 ސެޕްޓެންބަރު 2015 ވާ އަންގާރަދުވަހުގެ 14.00 އަށް މިހޮސްޕިޓަލަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 ސެޕްޓެންބަރު 2015 އާދިއްތަ ދުވަހުގެ 14.00 އަށް މިހޮސްޕިޓަލަށްއަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެވާހަކަ ދެންނެވީމެވެ.
16 ޛުލްޤަޢިދާ 1436