މަސައްކަތް
ނަންބަރު: (IUL)254/254/2025/37
ޕަބްލިޝްކުރި ތާރީޚް: 01 ޖޫން 2025
ޕަބްލިޝްކުރި ގަޑި: 11:41
ސުންގަޑި: 09 ޖޫން 2025 10:00
ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ތަކަންދޫ ކައުންސިލުން އަލަށް ދޫކުރި ގެވަޅުތަކާއި މަގުތަކަށް އަރާ ރުއް ނަގައިދޭނެ ފަރާތެއް ހޯދުމާ ގުޅޭ

ހއ.ތަކަންދޫގައި އަލަށް ދޫކުރި ބައެއް ގެވަޅުތަކާއި ގެވަޅު ހިމެނޭ މަގުތަކަށް އަރާ 262 ރުއް ނަގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް ހާޒިރުވެ ނުވަތަ މިއިދާރާގެ ނަންބަރު 6500034 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިއެވާ މައުލޫމާތާއިއެކު ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަނެވެ.

ޕްރޮޕޯސަލްގައި ހިމަނަންޖެހޭނެ މައުލޫމާތު

 

  1. ރުކައް ދޭނެ އަގު:
  2. މަސައްކަތް ފަށާނެ ތާރީހް:
  3. މަސައްކަތް ނިންމޭނެ މުއްދަތު:
  4. ސީއެސްއާރުގެ ދަށުން ކޮށްދޭނެ ކަންކަމުގެ ތަފްސީލް:

 

އަދި ދަންނަވަމެވެ. ރުއް ނެގުމަށްޓަކައި ސަރުކާރުގެ އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމަކީ މަސައްކަތާއި ހަވާލުވާ ފަރާތުގެ ޒިންމާއެއްކަމުގައި ދަންނަވަމެވެ.

 

ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ސުންގަޑި: 2025 ޖޫން 09 (އަންގާރަ) ދުވަހުގެ 10:00

 

ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތަން: ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ

 

                       ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

01 ޖޫން 2025