މަސައްކަތް
ނަންބަރު: (IUL)GS-10/INDIV/2015/25
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 16:45
ސުންގަޑި: 10 ސެޕްޓެންބަރު 2015 13:00
އދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
2 ބުރި ޢިމާރާތެއް ކުރާނެ ފަރާތެއް ހޯދުމަށް

މިމަރުކަޒުގައި 6 ކްލާސްރޫމުގެ 2 ބުރި ޢިމާރާތެއް ކުރާނެ ފަރާތެއް ހޯދުމަށް:

މިމަރުކަޒުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 6 ކްލާސްރޫމް ގެ 2 ބުރި ޢިމާރާތް ، އަމިއްލަ ތަކެތީގައި ޢިމާރާތްކޮށްދިނުމަށް މިމަރުކަޒުން ކުރި ނަންބަރު: IUL)GS-10/INDIV/2015/14)ފ29 ޖޫން 2015 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް އަގުބޮޑުކަމަށް ފެންނާތީ، އެ އަންދާސީހިސާބުތައް ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަރުކަޒުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 6 ކްލާސްރޫމް ގެ 2 ބުރި ޢިމާރާތް ، އަމިއްލަ ތަކެތީގައި ޢިމާރާތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަރުކަޒުގެ ކޮމްޕިއުޓަރ ލެބަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތާރީޚު

މަޢުލޫމާތު ސާފުކުރުން

10 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00

ޕްރީބިޑް މީޓިންގ

14 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 13:00

ޕްރީބިޑް މީޓިންގ އާއި ގުޅިގެން މަޢުލޫމާތު ދިނުން

17 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00

އަންދާސީހިސާބު ހުޅަހެޅުން

21 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 13:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއްނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6680024 ނަންބަރު ފޯނާއެވެ.

17 ޛުލްޤަޢިދާ 1436

01 ސެޕްޓެންބަރު 2015