ދިވެހިރާއްޖެ
މިމަރުކަޒުގެ 2015 ވަނަ އަހަރުގެ އިނާމު ދިނުމަށް ބޭނުންވާ ޓްރޮފީ އާއި ޕްލާކް ގަންނަން ބޭނުންވެގެން މިމަރުކަޒުން ކުރި ނަންބަރު: IUL)GS-10/INDIV/2015/21 (ތާރީޚު: 18 އޮގަސްޓު 2015) ގެ އިޢުލާނާ ގުޅިގެން ބިޑް ހުށަހަޅުއްވާފައިވަނީ 2 ފަރާތުން ކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މިމަރުކަޒުގެ 2015 ވަނަ އަހަރުގެ އިނާމު ދިނުމަށް ބޭނުންވާ ޓްރޮފީ އާއި ޕްލާކް އަދި އިނާމުގެ ގޮތުގައި ދެވޭ އެހެނިހެން ތަކެތި ވިއްކަވަން ބޭނުންފުޅުވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރެއްވުމަށް މިހިނގާ ސެޕްޓެންބަރު މަހު 9،8 ދެދުވަހު 13:00 އާއި 15:00 އާދެމެދު މިމަރުކަޒަށް ވަޑައިގެންދެއްވުން އެދެމެވެ. ނުވަތަ 9،8 ދެދުވަހު 13:00 އާއި 15:00 އާދެމެދު ތިރީގައިވާ ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ޢަބްދުﷲ ފާއިޒު / ލީޑިންގ ޓީޗަރ 9907325
އަދި ބިޑް ހުށަހަޅުއްވާނީ، 13 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިމަރުކަޒަށެވެ. ނުވަތަ އެދުވަހުގެ 13:00 ގެ ކުރިން މިމަރުކަޒުގެ މެއިލް އެޑްރެސް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ފޮނުއްވާ / ހުށަހަޅުއްވާ ބިޑްތައް ބަލައިނުގަނެވޭނެކަންވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.