މަސައްކަތް
ނަންބަރު: (IUL)23-AP/1/2015/233
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 16:10
ސުންގަޑި: 08 ސެޕްޓެންބަރު 2015 10:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެމްބިއުލާންސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް

ތ. އަތޮޅު ހިރިލަންދޫ ޞިއްޙީމަރުކަޒުގެ އެމްބިއުލާންސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިނިސްޓްރީގެ ނަންބަރު IUL)23-AP/1/2015/231)ފ(27 އޮގަސްޓު 2015) އިޢުލާނުގެ ދެވަނަ ޕެރެގްރާފުގައި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ކ. ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒަށް ވަޑައިގަތުމަށް ލިޔެވިފައިވަނީ ލިޔުމުގެ ކުށަކުންކަމަށްވާތީ، އެ އިޢުލާން އިޞްލާޙޫކުރުމަށްފަހު އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 08 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 10:30އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 10:30އަށް މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

17 ޛުލްޤަޢިދާ 1436

01 ސެޕްޓެންބަރު 2015