ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީގެ ދަށުން ކ.ހިންމަފުށީގައި ހިންގަމުންގެންދާ ނޭޝަނަލް ރީއިންޓަރގްރޭޝަން ސެންޓަރ (އެން.އާރް.ސީ) އަށް ފަރުނީޗަރ ގަންނަން ބޭނުންވެއެވެ.
މިނިސްޓްރީގެ ނަންބަރު (IUL)10-F/10/2025/67 (07 މޭ (2025 އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ. އެ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް މަޢުލޫމާތު ކަރުދާހާ އެއްގޮތަށް ހުށަހަޅާފައި ނުވާތީ އެ ބިޑް ބާޠިލް ކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
1 ޑަބަލް އެނދު ''6'6'4
16 އަލަމާރި (2 ދޮރުފަތްލީ (އާދައިގެ ހުޅުވާ ދޮރުފަތް) ލޯގަނޑާއިއެކު)
5 އަލަމާރި (1 ދޮރުފަތްލީ ލޯގަނޑާއެކު)
ވީމާ، މަތީގައިވާ ތަކެތި ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާ އެއްފަތްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތުގެ އިތުރުން، އިތުރު އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވާނަމަ މި މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް 2025 ޖޫން 4 ވަނަ ދުވަހުގެ 12:00 ގެ ކުރިން އީ- މެއިލް ކުރެއްވުން އެދެމެވެ. އަދި 12 ޖޫން 2025 ވަނަ ދުވަހުގެ 10:30 އަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރީޓީ އެންޑް ޓެކްނޮލޮޖީ/ ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.