ވަޒީފާގެ ފުރުޞަތު
ނަންބަރު: FSM-ADV/2025/069
ޕަބްލިޝްކުރި ތާރީޚް: 31 މޭ 2025
ޕަބްލިޝްކުރި ގަޑި: 09:38
ސުންގަޑި: 03 ޖޫން 2025 14:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

 

FSM-ADV/2025/069

 

މުވައްޒަފުން ބޭނުންވެއްޖެ

 

 

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

 

މަޤާމް:

ޗީފް އޮފިޝަރ

ޑިޕާޓްމަންޓް/ސެކްސަން:

ލޮޖިސްޓިކްސް

ބޭނުންވާ އަދަދު:

01

ޝަރުތުތައް:

-        3000  ގްރޮސް ޓަނޭޖް ނުވަތަ އެއަށްވުރެން މަތީ ޓަނޭޖްގެ ފޮރިންގޯއިންގ އަދި ކޯސްޓަލް ވެސެލްއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

-        ޑްރައި ޑޮކިންގ ގެ ތަޖުރިބާ ލިބިފައިވުން

-        ޗީފް އޮފިސަރ އެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލްކަން ލިބިފައިވުން އަދި އުޅަނދު ދުއްވުމުގެ ހުނަރު ހުރުން

-        COC މާސްޓަރ ޖީއާރުޓީ 3000، ޓޭންކަރ ސޭފްޓީ ކޯސް ފުރިހަމަކޮށްފައިވުން އަދި 2 އަހަރު ދުވަހުގެ ސައްހަ ސީމަން މެޑިކަލް ސެޓްފިކެޓް ލިބިފައިވުން

މަސްޢޫލިއްޔަތު:

-        މުދާ ލޯޑްކުރުމާއި އަންލޯޑިންގ ސުޕަވައިޒްކުރުމުގައި ސޭފްޓީ ޕްރޮޓޮކޯލްތަކަށް ތަބާވާކަން ކަށަވަރުކުރުން

-        ކާގޯ އޮޕަރޭޝަންތަކުގައި އުޅަނދުތަކުގެ ސްޓެބިލިޓީ މޮނިޓަރކޮށް ބެލެހެއްޓުމާއި ޓްރިމްކުރުން

-        ކްރޫއިން ބެލެހެއްޓުމާއި، ފައިދާހުރި ލީޑަރޝިޕް ފޯރުކޮށްދިނުމާއި، ހެޔޮ އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ދެމެހެއްޓުން

-        ކަނޑުގެ ޤާނޫނުތަކާއި ގަވާއިދުތަކަށް އުޅަނދު ތަބާވާކަން ކަށަވަރުކުރުން

-        އުޅަނދުފަހަރުގެ ދަތުރުފަތުރުގެ ސާމާނު ރަނގަޅަށް މަސައްކަތްކޮށް ބެލެހެއްޓުން

މަހު މުސާރަ:

36،000ރ އާއި 40،000ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ލޮޖިސްޓިކްސް ޑިޕާޓްމަންޓް/ ބޯޓުފަހަރަށް

 

 

 

 

 

 

 

 

 

 

 

މަޤާމް:

ބާރޖް ކެޕްޓަން

ޑިޕާޓްމަންޓް/ސެކްސަން:

ލޮޖިސްޓިކްސް

ބޭނުންވާ ޢަދަދު:

01

ޝަރުތުތައް:

-        200GT އަށް ވުރެދަށްނޫން އެންޑޯސް ކުރެވިފައިވާ ސްކިޕަރ ކްލާސް 5 ގެ ސެޓްފިކެޓް އޮތުން

-        ތިރީގައިމިވާ ސޭފްޓީ ޓްރެއިނިނިންގް ތައް ފުރިހަމަކޮށްފައިވުން

  • ޕާރސަނަލް ސަވައިވަލް ޓެކްނިކްސް
  • ފަޔަރ ފައިޓިންގ އެންޑް ފަޔރ ޕްރިވެންޝަން
  • އެލިމަންޓްރީ ފަސްޓް އެއިޑް
  • ޕާރސަނަލް ސޭފްޓީ އެންޑް ސޯސަލް ރެސްޕޮންސިޕިލިޓީ
  • ޕްރޮފިސެންސީ އިން ސެކިއުރިޓީ އެވައަރނެސް

-        02 އަހަރުގެ ތަޖުރިބާ ލިބިފައިވުން

-        ގިނަ ވަގުތު މަސައްކަތުގައި އުޅޭ މީހެއް ކަމުގައިވުން.

މަސްޢޫލިއްޔަތު:

-        ބާޖު ކެޕްޓަނެއްގެ ދުވަހުން ދުވަހަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ފުރިހަމަކުރުން

-        ކާގޯ ޑެލިވަރީތައް ބެލެހެއްޓުން

-        ބާރޖް ކްރޫ ސުޕަވައިޒްކޮށް ބެލެހެއްޓުން

-        ކާގޯ ޑެލިވަރީ ކުރުމުގައި ދިމާވާ މައްސަލަތައް ލޮޖިސްޓިކްސް އޮފީހާ ގުޅިގެން  ހައްލުކުރުމަށް މަސައްކަތްކުރުން

މަހު މުސާރަ:

23،000ރ އާއި 24،000ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ލޮޖިސްޓިކް ޑިޕާޓްމަންޓް /  ބާރޖް

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 03 ޖޫން 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.

 

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

31 މެއި 2025

31 މޭ 2025