ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)241-A/241/2025/12
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2025
ޕަބްލިޝްކުރި ގަޑި: 21:28
ސުންގަޑި: 10 ޖޫން 2025 11:00
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.އަތޮޅު ސްޓޭޓްހައުސްއަށް ފަރުނީޗަރ ގަނެ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ޢިޢުލާން

 ގއ.އަތޮޅު ސްޓޭޓްހައުސްއަށް ފަރުނީޗަރ ގަނެ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

                       

           މިއިދާރާގެ ބެލުމުގެ ދަށުގައިވާ ސްޓޭޓްހައުސްއަށް ފަރުނީޗަރ ގަނެ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

           ވީމާ، އަމިއްލަ ޚަރަދުގައި މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގެ ކުރިން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވެލައްވައި، ކަނޑައެޅިފައިވާ ތާރީޚަށް ބިޑް ހުށަހެޅުމަށް، މި އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. ރަޖިސްޓަރީ ވުމަށް ބޭނުންވާ ފޯމާއި، ބީލަމާބެހޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަމުގައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމު ފޮނުއްވާނީ މި އިދާރާގެ [email protected]   އީމެއިލް  އަށެވެ.

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

1

ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރަންޖެހޭ އެންމެ ފަހުގެ ތާރީޚް

04 ޖޫން 2025

ބުދަ

12:00

2

ބިޑް ހުށަހަޅާ ތާރީޚް

10 ޖޫން 2025

އަންގާރަ

11:00

 

          އަދި ދަންނަވަމެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ނުވާ އެއްވެސް ފަރާތެއްގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6820725 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

 

28 މޭ 2025