ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)459-A/1/2015/81
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި:
07 ސެޕްޓެންބަރު 2015 10:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފަރުނީޗަރު ހޯދުމަށް ބޭނުންވެއްޖެ
އިޢުލާން
މި މިނިސްޓްރީއަށް ތިރީގައި މި ދަންނަވާ ފަރުނީޗަރު ހޯދުމަށް ބޭނުންވެއްޖެއެވެ.
- 16 (ސޯޅަ) އެގްޒެކެޓިވް ގޮނޑި
- 1 (އެކެއް) އެގްޒެކެޓިވް ގޮނޑި
- 1 (އެކެއް) އެގްޒެކެޓިވް މޭޒު
- 2 (ދޭއް) ކޮންފަރެންސް މޭޒު
- 2 (ދޭއް) ކޮމްޕެކްޓް ފައިލިންގ ސިސްޓަމް
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 7 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހު 10:00 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހު 10:00 އަށް މި މިނިސްޓްރީއަށް (ގ. ބިއްލޫރިޖެހިގެ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
16 ޛުލްޤަޢިދާ 1436
31 އޮގަސްޓް 2015