ދިވެހިރާއްޖެ
ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް ފަރުމާކޮށްދޭނެ މީހަކު ބޭނުންވެއްޖެ
ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް ހެދުމަށް ކުރެވުނު އިޢުލާން ނަންބަރު: SHRD/IUL/2015/97-ފ188 އާ ގުޅިގެން އެއްވެސް ފަރާތަކުން ވެބްސައިޓް ފަރުމާކުރުމަށް ހުށަހަޅުއްވާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، މި އިޢުލާނުގައިވާ ޓާރމް އޮފް ރެފަރެންސާ އެއްގޮތަށް މަސައްކަތްކޮށްދިނުމަށް އެދޭ ފަރާތްތަކުން ކުރިމަތިލުމަށް އަލުން ހުޅުވާލަމެވެ.
ބޭނުންވާ އަދަދު: 01
އުޖޫރަ (މަހަކަށް) -/25،000 (ފަންސަވީސް ހާސް ރުފިޔާ)
މަސައްކަތުގެ ވަގުތު: ދެ ފަރާތް އެއްބަސްވާ ގޮތެއްގެ މަތިން ހަމަޖެއްސުމަށް
މުއްދަތު: 02 މަސްދުވަސް (ނުވަތަ މަސައްކަތް ނިމެންދެން)
ފެންވަރު ނުވަތަ ޝަރުޠު: ސޮފްޓްވެއަރ އިންޖިނިއަރިންގ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސޮފްޓްވެއަރ އިންޖިނިއަރިންގ ރޮނގުން މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި ޢާންމުކޮށް ބޭނުންކޮށް އުޅޭ ކޮންޓެންޓް މެނޭޖްމަންޓް ސިސްޓަމް (މިސާލަކަށް ވަރޑްޕްރެސް) ގެ ތަޖުރިބާ ހުރުން.
ކުރަންޖެހޭ މަސައްކަތާ ބެހޭ މަޢުލޫމާތު:
ޓާރމް އޮފް ރެފަރެންސްގައި ހިމެނިފައި. (ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް: www.csc.gov.mv ގައި ވާނެއެވެ.)
މި މަސައްކަތްކުރާނޭ ފަރާތެއް ހޮވުން:
މަތީގައިވާ މަޢުލޫމާތުތަކުގެ މައްޗަށް ރިޢާޔަތްކޮށް، މި މަސައްކަތް ކުރުމަށް ހަވާލުކުރާ ފަރާތެއް ހޮވާނީ، ކަނޑައެޅިފައިވާ ގޮތްތަކުގެ މަތިން، މި މަސައްކަތްކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކާއެކު ކުރެވޭ އިންޓަރވިއުތަކާއި ގާބިލުކަން ވަޒަންކުރުމަށް ކުރެވޭ އެސެސްމަންޓްތަކުގެ ނަތީޖާއަށް ބަލައިގެންނެވެ. މިގޮތުން މީހަކު ހޮވުމުގައި ތިރީގައިވާ ކަންތައްތަކަށް ބެލޭނެއެވެ.
- ތަޢުލީމީ ފެންވަރު - %5
- މަސައްކަތުގެ ތަޖުރިބާ - % 10
- ސޮފްޓްވެއަރ އިންޖިނިއަރިންގ ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފައިވާ މިންވަރާއި އެ މަސައްކަތްތަކުގެ ނަތީޖާ - %45
- ޓެކްނިކަލް ނޮލެޖް - % 15
- އުފެއްދުންތެރިކަން - % 15
- ޤާބިލުކަން ހުރި މިންވަރު - % 10
ވުމާއެކު، މިކަމަށް އެދޭ މަތީގައި ދަންނަވާފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 7 ސެޕްޓެންބަރު 2015 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން ވަނަވަރާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއެކު އެޕްލިކޭޝަން ފޯމު މި ކޮމިޝަނަށް (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) ފޮނުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކޮމިޝަނުގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް (www.csc.gov.mv) އިން ލިބެން ހުންނާނެއެވެ.
18 ޛުލްޤަޢިދާ 1436