ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
މަޤާމް: |
ފާމަސީ އެސިސްޓެންޓް |
އޮފީސް: |
ށ.އަތޮޅުކައުންސިލްގެ އިދާރާ / ފުނަފަތި ފާމަސީ |
މުސާރަ: |
މަހަކު -/4000 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު -/3000 ރުފިޔާ |
އުޖޫރައާއި ޢިނާޔަތްތައް:
|
މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް -/60 ރުފިޔާ، އަދި އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެ |
މަސައްކަތް ކުރަންޖެހޭ ވަގުތު: |
ހަފްތާއަކު 6 ދުވަހު، ދުވާލަކު 7 ގަޑިއިރު |
ވަޒީފާގެ މުއްދަތު: |
02 އަހަރު |
ވަޒީފާގެ ބާވަތް: |
ކޮންޓްރެކްޓް |
ބޭނުންވާ އަދަދު: |
01 ( އެކެއް ) |
މަޤާމުގެ ޝަރުތު: |
1-އެޑްވާންސް ސެޓްފިކެޓް އިން ފާމަސީ ޙާޞިލްކޮށްފައިވުން |
މަޤާމުގެ މަސްއޫލިއްޔަތު:
- އާސަންދައިގެ ޚިދުމަތަށް ދޫކުރެވޭ ބޭހުގެބިލް 15 ދުވަހުން 15 ދުވަހުންހަދާ އާސަންދަ ޕްރައިވެޓް ލިމިޓެޑަށް ފޮނުވުމަށްޓަކައި އަތޮޅުކައުންސިލްގެ ކަމާބެހޭ ސެކްޝަނާ ހަވާލުކުރުން.
- އެންސްޕާއާއެކު ވެވިފައިވާ އެއްބަސްވުމާ އެއްގޮތަށް އާސަންދައިގެ ޚިދުމަތް ދިނުން.
- ކުރެޑިޓަށް ބޭސްދޫކުރުމަށް އެއްބަސްވެވިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޞޫލާއި، އެއްބަސްވުމާއި އެއްގޮތަށް ބޭސް ދޫކުރުން އަދި ދޫކުރެވޭ ބޭހުގެ ތަފްސީލް ކަމާއިބެހޭ ސެކްޝަނަށް ހުށައެޅުން.
- އެކްސްޕެއަރވާ ބޭހާއި، ހަލާކުވާ ބޭހުގެ ތަފްޞީލު ލިޔެ ބެލެހެއްޓުމާއި އަތޮޅު ކައުންސިލު އިދާރާގެ ކަމާއިބެހޭ ސެކްޝަންގެ ހުއްދަ ލިބިގެން ނޫނީ އެއްވެސް ބޭހެއް ނައްތާނުލުން.
- ފާމަސީއަށް ނުވަތަ ފާމަސީގައި ހުރި އެއްޗަކަށް ގެއްލުމެއް ލިބިއްޖެނަމަ އެކަމެއް އަތޮޅު ކައުންސިލް އިދާރާގެ ކަމާބެހޭ ސެކްޝަނަށް އެންގުން.
- ފާމަސީގައި އެކަށީގެންވާ ސްޓޮކެއް ބެހެއްޓުމަށް މަސައްކަތްކުރުމާއި ފާމަސީއަށް ބޭނުންވާ ބޭހުގެ ލިސްޓް ތައްޔާރުކޮށް ކަމާއިބެހޭ ސެކްޝަނާއި ހަވާލުކުރުން.
- ފާމަސީއަށް ގެންނަ ހުރިހާ ބޭހެއް ފާމަސީގައި ބޭނުންކުރާ ސޮފްޓްވެއަރއަށް އެންޓަރކޮށް ގަވާއިދުން ބެލެހެއްޓުން.
- ވިއްކަން ބަހައްޓާފައި ހުންނަ ހުރިހާ ބޭހެއްގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ކަނޑައަޅާފައިވާ ގޮތަށް އަގު ޖެހުން.
- ބޭސް ބަހައްޓާފައި ހުންނަ ހަރުގަނޑުތައް ހަފްތާއަކު 1 ފަހަރު ފުހެ ސާފުކުރުމާއި ފާމަސީ ބަންދުކުރުމުގެ ކުރިން ކުނިކެހުމާއި ކޮންމެ 3 ދުވަހަކުން ފާމަސީ މޮޕްކުރުން.
- ލިބޭ ފައިސާ ދުވަހުން ދުވަހަށް ބޭންކް އެކައުންޓަށް ޖަމާކުރުމަށްފަހު ފައިސާ ޖަމާކުރިކަމުގެ ސްލިޕް އަތޮޅު ކައުންސިލް އިދާރާގެ ކަމާބެހޭ ސެކްޝަނަށް ޙަވާލުކުރުން.
- އެއްވެސް ސަބަބަކާ ހުރެ ފައިސާ ޖަމާނުކުރެވޭގޮތް ވެއްޖެނަމަ އެފައިސާއެއް ބޭންކަށް ޖަމާކުރެވެންދެން ރައްކާތެރިކަމާއެކު އެމުވައްޒިފެއްގެ ބެލުމުގެ ދަށުގައި ބެހެއްޓުން.
- ވަކިމީހެއް ތަފާތުކުރުމެއްނެތި ކަސްޓަމަރުންގެ އިތުބާރު ނުގެއްލޭގޮތަށް ޚިދުމަތް ދިނުން.
- ޑިއުޓީ ބަދަލުވާއިރު ވަތްގަނޑުގައި ހުންނަ ފައިސާއާއި، ވިކުރާއާ ދިމާވޭތޯ ބަލައި ޗެކްކޮށް ޑިއުޓީއާއި ހަވާލުވާ ފާމަސިސްޓާ ހަވާލުކުރުން.
- ބިލު ރަޖިސްޓްރީ ގަވާއިދުން ބެލެހެއްޓުން.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- 10 ޖޫން 2025 ވަނަދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ށ.އަތޮޅުކައުންސިލް އިދާރާއަށެވެ.
ހުށަހަޅަންޖެހޭ ލިއުންތައް:
1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަންފޯމް ށ.އަތޮޅުކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
2- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
3- ވަޒީފާއެއްގައި އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިޔަތު އެނގޭނެ ލިޔުމެއް
4- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
5- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭ ނަންބަރާއި އީ-މެއިލްއެޑްރެހާއެކު )