ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)457-AIT/1/2015/14
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:37
ސުންގަޑި: 08 ސެޕްޓެންބަރު 2015 11:00
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
އެންޓަރޕްރައިޒް ސަރވަރ މޮނިޓަރިންގ ސިސްޓަމެއް ގަންނަން ބޭނުންވެއްޖެ:

މި ބިއުރޯއަށް އެންޓަރޕްރައިޒް ސަރވަރ މޮނިޓަރިންގ ސިސްޓަމެއް ގަންނަން ބޭނުންވެއްޖެއެވެ.

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ސެޕްޓެންބަރު 8 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ބިއުރޯ ހިނގަމުންދާ އިމާރާތް، ފިނޭންސް ބިލްޑިންއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ސެޕްޓެންބަރު 13 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ބިއުރޯއަށް ވަޑައިގެން އަގުހުށަހެޅުންވުން އެދެމެވެ.

މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މި ބިއުރޯއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

މިކަމާގުޅޭގޮތުން އިތުރުމައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ނަންބަރު. 3349397،3349404 3349405 ފޯނަށް ގުޅުއްވުން އެދެމެވެ.

17 ޛުލްޤަޢިދާ 1436

01 ސެޕްޓެންބަރު 2015