ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-CD2/30/2025/101
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2025
ޕަބްލިޝްކުރި ގަޑި: 13:12
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
އިޢުލާން

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަންކުރާ ފަރާތްތައް ނުވަތަ ސްޕޯޓް ފިޝިންގ ގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން އަންނަ ޖުލައި މަހުގެ 7 ވަނަ ދުވަހު މާލޭގައި މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގެ މަޤުސަދަކީ މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވޭނެ ގޮތްތަކާމެދު މަޝްވަރާކުރުމެވެ.

ވީމާ، މި މަސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ޝައުޤުވެރިވާ ފަރާތްތަކުން 10 ޖޫން 2025 ވާ އަންގާރަ ދުވަހުގެ ކުރިން މި ފޯމު < https://tinyurl.com/msnez445> ފުރިހަމަކުރެއްވުމަށް އެދި ދަންނަވަމެވެ. ބައިވެރިންނަށް އިސްކަންދެވޭނީ ޖާގަ އޮތް މިންވަރަކުން، ފޯމު ފުރިހަމަކުރައްވާ ތަރުތީބުންނެވެ. ބައްދަލުވުމުގެ ބައިވެރިންގެ ދަތުރުފަތުރާއި ހުރުމާއި ކެއުމުގެ އިންތިޒާމް މިނިސްޓްރީން ހަމަޖައްސައިދެވޭނެ ވާހަކަ ދަންނަވަމެވެ.

މިކަމާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިނިސްޓްރީގެ ނަންބަރު 3339229 އަށް ގުޅުއްވުން އެދެމެވެ.

28 މޭ 2025