ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)213-AD/1/2015/58
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:20
ސުންގަޑި: 14 ސެޕްޓެންބަރު 2015 15:00
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ރެކްޓަރ

މި އިޢުލާންވަނީ 03 ސެޕްޓެންބަރު 2015 14:19 ގައި ބާތިލް ކުރެވިފައެވެ.


މަޤާމު: ރެކްޓަރ

ބޭނުންވާ އަދަދު: 01

ރޭންކް: އީ.އެސް 1

ކްލެސިފިކޭޝަން: އޮފިސަރ ގރ. 2

މުސާރަ: -/8835 ރުފިޔާ

ސަރވިސް އެލަވަންސް: -/2000ރުފިޔާ

ވަޒީފާއޮތް އޮފީސް: މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެ

ގިންތި: ދާއިމީ

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން: ކޯޕްރޭޓް އެފެއަރސް/ މޯލްޑިވްސް ޕޮލިޓެކްނިކް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އިދާރީ މަސައްކަތްތައް ޕްލޭންކޮށް ރާވާ ހިންގުން
  • އޮފީހުގެ މަސައްކަތްތަކާއިގުޅޭ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް ނަތީޖާ ހާސިލުކުރުން
  • މަޤާމާ ގުޅޭގޮތުން މުވައްޒަފުންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީންތަކުގެ ފުރުޞަތުތައް ފަހިކުރުން
  • ކިޔަވައި ދިނުމާ ގުޅުންހުރި އިދާރީ އިންތިޒާމްތައް ދުވަހުން ދުވަހަށް ހަމަޖެއްސެވުން
  • އޮންލައިންކޮށް ހިންގާ ކޯސްތައް ކޯޑިނޭޓްކޮށް ބެލެހެއްޓުން
  • ޕޮލިޓެކްނިކާއި ގުޅުންހުރި ރީސާޗްތައްހެދި، ރީސާޗްތައް ޕަބްލިޝްކުރުމުގެ އިންތިޒާމް ހަމަޖެއްސުން
  • ޕޮލިޓެކްނިކްގެ މެނޭޖްމަންޓްގައި ހިމެނޭ އެންމެހައި މަސައަކަތްތައް ތަންފީޒްކޮށް އިރުތަށް ތަރައްގީކުރެވޭނެ ގޮތްތައް ހޯދުން
  • ހަވާލުކުރެވޭ މަސަތްކަތްތަކާ ގުޅިގެން ޖަވާބުދާރީވާންޖެހޭ ފަރާތްތަކަށް ޖަވާބުދާރީވުން
  • އަތޮޅުތަކުގައި ޤާއިމުކުރެވޭ ކެމްޕަސްތައް ކޯޑިނޭޓްކޮށް ބެލެހެއްޓުން
  • ޕޮލިޓެކްނިކްގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން
  • ޕޮލިޓެކްނިކްގެ އެންމެހާ މުވައްޒަފުންނާއި ގުޅުންހުރި މަސައްކަތްތައް ދުވަހުން ދުވަހަށް ބެލެހެއްޓުން
  • ކެމްޕަސްތައް ހުރި ރަށްރަށަށް ދަތުރުކޮށް ކެމްޕަސްތައް މޮނިޓަރކޮށް ބެލެހެއްޓުން
  • މަޤާމާ މަސައްކަތްތަކުގެ އިތުރުން ހަވާލުކުރެވޭ ރަސްމީ މަސައްކަތްތައް ފަރުވާތެރިކަމާއިއެކު ކުރުން

ޝަރުޠު:

ތަޢުލީމީ ފެންވަރު:

  • ކިޔަވައި ދިނުމާ ގުޅުންހުރި ދާއިރާ/ މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ކިޔަވައި ދިނުމާ ގުޅުންހުރި ދާއިރާ/ މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
  • ކިޔަވައި ދިނުމާ ގުޅުންހުރި ދާއިރާ/ މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބަލައިގެން.

ބ. މީގެ އިތުރުން ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އިންޓަރވިއު ކުރުން

ހ.މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ 20ސެޕްޓެންބަރު 2015 އިން 24 ސެޕްޓެންބަރު 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ނ. މިމަޤާމުގެ އިންޓަރވިއު އަށް ވަޑައިގަންނަވާއިރު ހުށަހެޅިފައިވާފައިވާ ސެޓްފިކެޓްތަކުގެ އަސްލު އަދި ސެޓްފިކެޓްތަކުގެ އެކްރެޓިއޭޓްކޮށްފައިވާ އަސްލު ކޮޕީ ގެންނަވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މޯލްޑިވްސްޕޮލިޓެކްނިކްގެ ކައުންޓަރުން ލިބޭނެއެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ވެބްސައިޓް www.polytechnic.edu.mvން ޑައުންލޯޑް ކުރެވޭނެއެވެ. 

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

ނ. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ރ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޮލިޓެކްނިކް/ ގ.ރެހެންދިހިނގުން (1 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 14 ސެޕްޓެންބަރު 2015ވަނަ ދުވަހުގެ 15:00 ގެ ކުރިން.

ނޯޓް:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން، މޯލްޑިވްސް ޕޮލިޓެކްނިކްގެ ނަންބަރު 3305401، 3305405 އަށް ގުޅުން އެދެމެވެ.

03 ސެޕްޓެންބަރު 2015