ވަޒީފާގެ ފުރުޞަތު
ނަންބަރު: 170-HR/I/2015/43
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 11:20
ސުންގަޑި: 08 ސެޕްޓެންބަރު 2015 12:00
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ވެބް ޑެވެލޮޮޕަރ

މަޤާމު:

ވެބް ޑެވެލޮޕަރ

ބޭނުންވާ އަދަދު: 01

އޮފީސް:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

ބާވަތާއި މުއްދަތު:

3 މަސްދުވަސް (ކޮންޓްރެކްޓް މަޤާމެއްގެ ގޮތުގައި)

މަސައްކަތް ކުރަންޖެހޭ ވަގުތު:

  • ބަންދު ނޫން ކޮންމެ ދުވަހެއްގައި 4 ގަޑިއިރު (ހެނދުނު 8:00 އިން މެންދުރުފަހު 3:00 އާ ދެމެދު)
  • ބައެއް ދުވަސްތަކުގައި އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިދާނެއެވެ.

މުސާރަ:

100.00 ރުފިޔާ (މަސައްކަތްކުރާ ކޮންމެ ގަޑިއެއްގެއިރަށް)

މަޤާމުގެ ޝަރުޠު:

  • ތަޖުރިބާއާއެކު މަސައްކަތުގު ދާއިރާއިން ޑިޕްލޮމާއެއް ހޯދާފައިވުން ނުވަތަ ލެވެލް 4 ގެ ސެޓްފިކެޓަކަށްފަހު  ދާއިރާއިން ތަޖުރިބާ ލިބިފައިވުން.
  • ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ މަސައްކަތާއި، އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރުދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯމަލް ޓްރައިނިންގއާއެކު) ލިބިފައިވުން.
  • ލެވެލް 4 ގެ ސެޓްފިކެޓަކަށްފަހު ސީދާ ގުޅޭ ތަޖުރިބާ ލިބިފައިވުން.
  • ލެވެލް 3 ގެ ސެޓްފިކެޓަކަށްފަހު، ތަޖުރިބާގެ ސަބަބުން، ބޭނުންވާ ދާއިރާއިން ޚާއްޞަ ހުނަރުތަކެއް ހުރުން ނުވަތަ އިދާރީ މަސައްކަތުގެ ހުނަރާއި ތަޖުރިބާ ހުރުން.
  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލުކަން އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

 

  • ޔުނިވަރސިޓީ ވެބްސައިޓުގެ މައިގަނޑު ޑެވެލޮޕްމަންޓް މަސައްކަތްކުރުމާއި، އެ މަސައްކަތްކުރުމުގައި ދިމާވާ ދަތިތަކާއި ކަންކަން ހައްލުކޮށް ނަތީޖާ ނެރުން.
  • ޔުނިވަރސިޓީގެ ވެބްސައިޓަށް ދުވަހުން ދުވަހަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ވެބްސައިޓުގައި ޝާއިޢުކުރަން ބޭނުންވާ މަޢުލޫމާތު ކަމާބެހޭ ސެކްޝަންތަކުން ހޯދައި ވެބްސައިޓަށް އަޕްލޯޑްކުރުން.
  • ޔުނިވަރސިޓީގެ ފަންކްޝަންތަކާ ގުޅިގެން ވެބްސައިޓުގައި ޝާއިޢުކުރާ ޚަބަރުތައް ހޯދައި، ޑެވެލޮޕްކޮށް، އަޕްލޯޑްކޮށް، އެކަށޭނަ ދަނޑިވަޅުތަކުގައި ބަދަލުގެނައުން.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

  1. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ޞައްޙަކަމަށް ސޮއިކޮށް، ގުޅޭނެ ފޯނު ނަންބަރާއެކު)
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ
  3. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  5.  ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ތަކުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައިވާ)

 

 

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް، އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއު ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:  

08 ސެޕްޓެންބަރު ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3322718 ނަންބަރު ފޯނާއެވެ.

15 ޛުލްޤަޢިދާ 1436

30 އޮގަސްޓް 2015