މަސައްކަތް
ނަންބަރު: (IUL)285-ESD/285/2025/37
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2025
ޕަބްލިޝްކުރި ގަޑި: 11:18
ސުންގަޑި: 01 ޖޫން 2025 00:00
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ހެނބަދޫ ކައުންސިލް އިދާރާގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

ނ.ހެނބަދޫ ކައުންސިލް އިދާރާގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

 

                    ހެނބަދޫ ކައުންސިލް އިދާރާގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ހޯދުމަށް ބޭނުވެއްޖެއެވެ. ވީމާ، ތިރީގައިވާ މަޢުލޫމާތާ އެއްގޮތަށް ހެނބަދޫ ކައުންސިލް އިދާރާގެ ލޯގޯ ފަރުމާކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ހެނބަދޫގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން 1 ޖޫން 2025 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާގެ ރަސްމީ މެއިލް އެޑްރެސް ([email protected]) އަށް އަގާއި މުއްދަތު ހުށަހެޅުއްވުން އެދެމެވެ.

ލޯގޯ ފަރުމާކުރުމުގައި ހިމަނަންޖެހޭ ކަންކަން

ތީމް:

  • "ނަލަނަލަ ހެނބަދޫ"

ލޯގޯގެ ކުލަ:

  • މަޑު ފެހި، ނޫކުލަ، ކަޅުކުލަ

ލޯގޯއިން ރަމްޒުކޮށްދެންވީ ކަންކަން:

  • ނަލަނަލަ ހެނބަދޫ
  • ހިތްހެޔޮ، އެއްބައިވަންތަ ބަޔަކު ދިރިއުޅޭ ސަފުތާހިރު ރަށެއްކަން
  • ތަޢުލީމީ ރަށެއްކަން

 

       މިއިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

                                 01 ޛުލްޙިއްޖާ 1446

 

28 މޭ 2025