ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)LHAH-AH/LHAH/2015/17
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 11:17
ސުންގަޑި: 10 ސެޕްޓެންބަރު 2015 15:00
ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ތަރުޖަމާނު

ބޭނުންވާ އަދަދު: 01 ( ތިނެއް )

ތަރުޖަމާނު

މަޤާމު:

ސަރވިސް އެލަވަންސް: 1500.00 ރުފިޔާ

4465.00 ރުފިޔާ

މުސާރަ

މަސައްކަތް ކުރަންޖެހޭ ތަން: ޅ. އަތޮޅު ހޮސްޕިޓަލް

ސެކްޝަން: ޕަބްލިކްރިލޭޝަން

އޮފިސަރ ގްރޭޑް 1، ޖީ އެސް 3

ކްލެސިފިކޭޝަން / ރޭންކް

ކޮންޓްރެކްޓް (11 މަސް)

ބާވަތް:

  • ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތު ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިން އެންޑް ޑިވެލޮޕްމަންޓް، އިންފޮރމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓް  ގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަން ރިސޯސް މެނޭޖްމަންޓް، ހެލްތް ސަރވިސް މެނޭޖްމަންޓް، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، އެމްޕްލޯއިމަންޓް ލޯ، ޕަބްލިކް ރިލޭޝަން، ޓްރޭނިން އެންޑް ޑިވެލޮޕްމަންޓް، އިންފޮރމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ޝަރުޠު

  • ބަލިމީހާ ޑޮކްޓަރަށް ހުށަހަޅާ މައްސަލަތައް ޑޮކްޓަރަށް އޮޅުންފިލުވައި ދިނުމާއި، ޑޮކްޓަރ ބަލިމީހާއަށް އަންގާ ދިނުމަށް ވިދާޅުވާ ކަންތައްތައް ބަލިމީހާއަށް އަންގާ ދިނުން.
  • ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލިމީހުން ރަޖިސްޓްރީ ކުރުމާއި ނަންބަރު ދޫކުރުން.
  • ބަލިމީހާއަށް ޑޮކްޓަރ ލިޔެދެއްވާ ބޭސްސިޓީ ލިޔުމުގަޔާއި އަދިވެސް މިފަދަ ކަންކަމުގައި ޑޮކްޓަރަށް އެހީވުން.
  • ޕޭޝަންޓް މާސްޓަރ އިންޑެކްސް ދުވަހުން ދުވަހަށް އަޕްޓޭޑް ކުރުން.
  • އޯ.ޕީ.ޑީ ގައި ފަރުވާދެވޭ ބަލިމީހުންގެ ރެކޯރޑްތައް ފަރުވާތެރިކަމާއިއެކު ބެލެހެއްޓުން.
  • މެޑިކަލް ރެކޯރޑްސް ތައްޔާރުކުރުން.
  • ބަލިމީހުންނާ ބެހޭ ގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ކަނޑައެޅިފައިވާ ގޮތުގެމަތިން ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • ކޮމިޔުނިކޭބަލް ޑިޒީޒް ރިޕޯޓު ތައްޔާރުކޮށް ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުން.
  • ޚިދްމަތަށް އެދި އަންނަ މީހުންނަށް އިޙްތިރާމްކޮށް ހިތްހެޔޮކަމާއެކު އެހީތެރިވެ މަގުދައްކައިދިނުމާއި ބޭނުންވާ މަޢުލޫމަތު ސާފުކޮށްދިނުން.
  • ޚިދުމަތުގެ އަގުގެ ގޮތުގައި ހޮސްޕިޓަލަށް ނަގާފައިސާ ބަލައިގަތުމާއި ރެކޯރޑް ބެލެހެއްޓުން.
  • ފޯންކޯލްތަކަށް ރީތިބަހުން ޖަވާބުދާރީވުމާއި، ޚިދްމަތްތެރިގޮތެއްގައި ފޯނުގެ ޚިދުމަތް ފޯރުކޮށްދިނުން
  • އާސަންދައިގެ ދަށުން ޚިދުމަތް ހޯދާ މީހުން މަޢްލޫމާތުތައް ދުވަހުން ދުވަހަށް އަޕްޑޭޓް ކުރުމާއި ރިކޯރޑްތައް ބަލަހައްޓާ ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުން.
  • އާސަންދަގެ ދަށުން ހަމަޖައްސަންޖެހޭ ލިޔެކިޔުންތައް ފުރިހަކުރުން.
  • ކަނޑައެޅިފައިވާ ގޮތުގެމަތިން ޑިޔުޓީ އަދާކުރުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް

  • އިތުރުގަޑީގައި ކުރާ މަސައްކަތަށް އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން ބަންދުދުވަހުގެ އެލަވަންސް.
  • ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.
  • ޑިޔުޓީ އުސޫލުން މަސައްކަތްކުރައްވާނަމަ ޑިޔުޓީ އެލަވަންސް.

އިތުރު ޢިނާޔަތްތައް

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ޕާސްޕޯރޓް ސައިޒްގެ ފޮޓޯއާއެކު (ފޯމު ޅ.އަތޮޅު ހޮސްޕިޓަލްގެ ކައުންޓަރުންނާއި އަދި ސިވިލްސަރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުން ލިބެންހުންނާނެއެވެ.) މަޢުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައި ނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
  • ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތުގެ އައި.ޑީ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތުގެ ވަނަވަރު
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިއެޓް ކޮށްފައިވާ ނުވަތަ އެކްރެޑިއެޓް ކޮށްދޭނެ ކަމަށް ބަޔާންކުރާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓގެ ލިޔުން)
  • ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީން ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  • ސިވިލްސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޟެއްނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުން.
  • ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެގޭނޭ ގޮތަށް ދޫކޮށްފައިވާ ލިޔުންތައް.

ހުށަހަޅުއްވަން ޖެހޭ ތަކެތި:

ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާއާއި، ފެންވަރާއި، ހުނަރު، ޤާބިލުކަމާއި ސިފަތަކަށް ބަލައި އިންޓަވިއުއިން އެންމެމަތީ މާކްސް ހޯދާ މީހެކެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • މިމަޤާމަށް ކުރިމަތިލާ މީހުންނާއި އިންޓަރވިއު ކުރެވޭނީ ޅ. އަތޮޅު ހޮސްޕިޓަލްގައެވެ.
  • މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މިމަޤާމަށްއެދި އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚުން ފެށިގެން 01 ހަފްތާގެ ތެރޭގައެވެ.
  • އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

އިންޓަރވިއު ކުރުން

މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުންވަޒީފާއަށް އެދޭ ފޯމު ހުށަހެޅުމުގެ އެންމެފަހުގެ ތާރީޚަކީ 10 ސެޕްޓެންބަރު 2015 ދުވަހުގެ 15:00 އެވެ. ވަޒީފާއަށް އެދި ފޮނުވާ ސިޓީއާއި ތަކެތި ބަލައިގަންނާނީ ޅ. އަތޮޅު ހޮސްޕިޓަލުންނެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ 6620048 ނަންބަރު ފޯނާއެވެ.

ސުންގަޑި އަދި އިތުރު މަޢުލޫމާތު

16 ޛުލްޤަޢިދާ 1436

31 އޮގަސްޓް 2015