ދިވެހިރާއްޖެ
މަޤާމް: ކޮންސަލްޓަންޓް
ޑިޕާޓްމަންޓް: މެޑިކަލް އެންޑް އެމްޕެނަލްމަންޓް
ތަޢުލީމާ ތަޖުރިބާ:
- ސްޕެޝަލިސްޓް ނުވަތަ ސުޕަރ ސްޕެޝަލިސްޓް ދާއިރާއަކުން ޓްރެއިނިންގ ނުވަތަ ތަޢުލީމު ހާސިލުކޮށްފައިވުން.
- ރާއްޖޭގައި ޞިއްޙީ ނުވަތަ ސާރޖިކަލް ޕްރެކްޓިސަނަރ ގެ ދާއިރާ އަކުން މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.
- މައިކްރޮސޮފްޓް އޮފިސް އެކްސެލް އަދި ވޯރޑް އާއި ކުޅެން އެގުން
- މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ޑިޕާޓްމަންޓުގެ މަސައްކަތްތައް ބަލަހައްޓައި ޑިޕާޓްމަންޓަށް ބޭނުންވާނެ މަޢުލޫމާތުތަށް ފޯރުކޮށްދިނުން
- ޑިޕާޓްމަންޓް އިން އަންނަ ފޯން ކޯލްތަކަށް ޖަވާބުދާރީވުމާއެކު ރާއްޖޭގައި ލިބެންހުންނަ ނުވަތަ ނުލިބޭ ބޭސްފަރުވާއާ ގުޅޭކަންތައްތައް ކުރިއަށްދާގޮތުގެ މަޢުލޫމާތުތައް ރަނގަޅަށް އޮޅުންފިލުވައިދީ ދޭންޖެހޭ އިރުޝާދު ދިނުން.
- ބަލިމީހުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގައި ނުވަތަ ރާއްޖޭގެ ރަށަކުން އެހެން ރަށަކަށް ފޮނުވުމުގައި ޑިޕާޓްމަންޓް އިން ބޭނުންވާ ޓެކްނިކަލް އެޙީތެރިކަން ފޯރުކޮށްދީ ނިންމަންޖެހޭ ކަންތައްތައް ނިންމުން.
- ކޮންމެ މަހެއްގައި ބޭއްވުމަށް ކަނޑައެޅިފައިވާ ޑިޕާޓްމަންޓް ބައްދަލުވުމުގައި ޗެލެންޖިންގ ކޭސްތަކާ ބެހޭގޮތުން މަޝްވަރާކޮށް ކުރީގައި ދިމާވެފަހުރި މައްސަލަތަކަށް ބިނާކޮށް މައްސަލަތައް ޙައްލުކުރުމުގައި އެހީތެރިވެދިނުން.
- ޑިޕާޓްމަންޓް މުވައްޒަފުންނާއި ބައްދަލުކޮށް ޑިޕާޓްމަންޓުގައި ދިމާވާ އެކިއެކި މައްސަލަތަކުގެ ތަފުސީލު ބެލުން.
މުސާރަ: ދެފަރާތުން އެއްބަސްވާ ގޮތުގެމަތިން
ޝައުޤުވެރިކަން ފާޅުކުރުމުގެ ފަހު ތާރީޚަކީ 30 ސެޕްޓެންބަރު 2015ވާ ބުދަ ދުވަހު މެންދުރު 12:00އެވެ.
ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ވަނަވަރު އަދި ތަޢުލީމީ ސެޓްފިކެޓްތައް، ތިރީގައިވާ އެޑްރެހަށް ހުށައަޅަން ނުވަތަ އީމެއިލް އެޑްރެހަށް އީމެއިލްކުރަން ވާނެއެވެ.
އާސަންދަ ކޮމްޕެނީ ލޓޑ
ފޯން: 1400 301 960+، ފެކްސް: 3636 301 960+
ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ
މާލެ، ދިވެހިރާއްޖެ
އީމެއިލް: [email protected]
ވެބްސައިޓް: www.aasandha.mv
ޝަރުޠުހަމަނުވާ ފަރާތްތަކާއި ޞައްޙަނޫން މަޢުލޫމާތުތައް ހިމެނޭ ހުށައެޅުންތައް ބާޠިލުކުރެވޭނެއެވެ.