ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)138-AS4/1/2015/227
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:50
ސުންގަޑި: 15 ސެޕްޓެންބަރު 2015 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އެސިސްޓަންޓް ކޮމްޕިއުޓަރ ޓެކްނީޝަން

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

ޖީ. އެސް. 4 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު

01

މަޤާމް ނަންބަރު

251883

ވަޒިފާ އަދާ ކުރަންޖެހޭ ރަށް / އޮފީހާއި،  ސެކްޝަން

އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ސެކްޝަން/ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ

މުސާރައާއި އިނާޔަތްތައް

  • މުސާރަ: -/5020ރ
  • ސަރވިސް އެލަވަންސް: -/1500ރ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35

(އިތުރު ގަޑީގައި ކުރާމަސައް ކަތްތަކަށް ހަމަޖެހިފައިވާ އުޞޫލުން ފައިސާ ދެވޭނެ.)

ޝަރުޠު

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  • މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އޮފީހުގެ ކޮމްޕިޔުޓަރ ނެޓްވާރކް ބެލެހެއްޓުމާއި ކުރިމަތިވާ މައްސަލަތައް ޙައްލުކުރުން.
  2. އޮފީހުގެ އެކިއެކި ކޮމްޕިޔުޓަރ ސިސްޓަމްތަކާ، ޕްރިންޓަރ ތަކާއި އެހެނިހެން އައި.ޓީ. ދާއިރާއާ ގުޅޭ ތަކެއްޗަށް ކުރިމަތިވާ މައްސަލަތައް އޮފީހުގައި ޙައްލުކުރެވެން ހުރިވަރަކުން ޙައްލުކުރުމާއި ނުކުރެވޭވަރުގެ ކަންތައްތައް ފައިނޭންސް ސެކްޝަނާ ގުޅިގެން އެކަމާބެހޭ މީހުން ލައްވާ ރަނގަޅުކުރެވޭތޯ ބެލުން.
  3. އޮފީހުގެ ކޮމްޕިޔުޓަރ ސިސްޓަމްތައް ދޭތެރެ ދޭތެރެއިން ޗެކްކުރުން.
  4. ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ އިން ފައްޓަވާފައިވާ ޤައުމީ މުވާޞަލާތީ ވިއުގަ ގުޅައިދިނުމުގައި އަދި ގަވަރންމަންޓް އިލެކްޓްރޯނިކް މެއިލް މެނޭޖްމަންޓް ސިސްޓަމް ބޭނުންކުރުމުގައި ދިމާވާ މައްސަލަތަކުގައި އޮފީހުގެ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
  5. މަތީގައި ދެންނެވުނު މަސައްކަތްތަކާ ގުޅިގެން މުހިއްމު ކަމެއް ކުރެވެމުންދާނަމަ އެކަމެއްގެ މަޢުލޫމާތު އޮފީހުގެ ޔައުމިއްޔާ ލިޔާ މުވައްޒަފަކަށް ދިނުން.
  6. ސެކްޝަންގެ ވެރިއަކު އަންގަވާ އޮފީސް މަސައްކަތް ކުރުމާއި މިނޫނަސް އޮފީހުން ރާވާ އަދި ހިންގާ އެންމެހާ ކަންތައްތަކުގައި ބައިވެރިވެ އެކަންތައްތައް ކުރުން.
  7. ދުވަހުގެ ލޮގް ފުރިހަމަ ކުރުން
  8. ސެކްޝަނުގެ ޔައުމިއްޔާ ފުރިހަމަ ކުރުން
  9. އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން އާ ޓެކްނޮލޮޖީތައް ދެނެގަނެ، އެކަންތައް ދަސްކޮށް، އޭގެ ތެރެއިން މިނިސްޓްރީއަށް ފައިދާހުރި ކަންތައްތައް ތަޢާރަފުކުރުމުގެ މަސައްކަތުގައި އެހީތެރިވުން.
  10. މިނިސްޓްރީގެ ދަށުން ހުންނަ އޮފީސް ތަކާއި، މުވައްސަސާތަކަށް ފޯރުކޮށްދޭންޖެހޭ އައިޓީ ހިދުމަތް ފޯރުކޮށްދިނުން.
  11. މިނިސްޓްރީގެ ސަރވަރ އާއި، ކޮމްޕިއުޓަރ ނެޓްވާރކް ރައްކާތެރިކޮށް ބެލެހެއްޓުމާއި އޮފީހުގެ ބޭނުންތަކާއި ގުޅޭ ގޮތުން ކޮންފިގަރޭޝަނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  12. މިނިސްޓްރީގެ ކޮމްޕިއުޓަރތަކަށް ސޮފްޓްވެއަރ އެޅުމާއި، ކޮންފިގަރ ކުރުމާއި، ކޮމްޕިއުޓަރ ސިސްޓަމްތަކާއި ޕްރިންޓަރުތައް ބެލެހެއްޓުން.
  13. މިނިސްޓްރީގެ ކޮމިއުނިކޭޝަން އިކުއިޕްމަންޓުތަކާއި ފޯންލައިންތައް ބެލެހެއްޓުން.
  14. މިނިސްޓްރީގެ ފިންގަރޕްރިންޓު އެޓެންޑަންސް ސިސްޓަމް ބެލެހެއްޓުން.
  15. މިނިސްޓްރީގެ ވެބްސައިޓް އަޕްޑޭޓްކޮށް ބެލެހެއްޓުން.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004343، 3004340 އަށް ގުޅުއްވުން އެދެމެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން.
  2. މަސައްކަތުގެ ތަޖުރިބާ.
  3. އިންޓަރވިއު.
  4. ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
  5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ތަކެތި ހުށަހަޅަންޖެހޭ ތާރީޚު

  • މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ކައުންޓަރަށް.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 15 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން.

އިންޓަވިއު ކުރުން

  • މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ 2015 ސެޕްޓެންބަރު - އޮކްޓޫބަރު މަހުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
  • އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން  ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

17 ޛުލްޤަޢިދާ 1436

01 ސެޕްޓެންބަރު 2015