ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ
|
މަޤާމު
|
ޑޭޓާ އެންޓްރީ އޮފިސަރ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
ޖީ. އެސް. 3 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ބޭނުންވާ އަދަދު
|
01
|
މަޤާމު ނަންބަރު
|
268711
|
ވަޒިފާ އަދާ ކުރަންޖެހޭ ރަށް/ އޮފީހާއި، ސެކްޝަން
|
މޮނިޓަރިންގ ޔުނިޓް، އެގްޒެކެޓިވް ސެކްރެޓޭރިއޭޓް ޑިޕާރޓްމަންޓް / މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ކ. މާލެ
|
މުސާރައާއި އިނާޔަތްތައް
|
- މުސާރަ: -/4465ރ
- ސަރވިސް އެލަވަންސް: -/1500ރ
- ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
(އިތުރު ގަޑީގައި ކުރާމަސައް ކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ)
|
ޝަރުޠު
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- ތައްޔާރުކުރެވިފައިވާ ޑޭޓާބޭސް ސިސްޓަމަށް ޕްރޮޖެކްޓާބެހޭ ޑޭޓާތައް އންޓަރ ކުރުން.
- ލިބިފައިވާ ޑޭޓާތައް އެންޓަރ ކުރުމުގެ ކުރިން ޗެކްކޮށް މައްސަލަ ހުރިކަން ފާހަގަ ވާނަމަ ސްޕަވައިޒަރ އަށް އެންގުން.
- ޑޭޓާ އެންޓަރ ކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށްފަހު އެކަން ސްޕަވައިޒަރ އަށް އެންގުން.
- އެންޓަރ ކުރެވެމުންދާ ޑޭޓާތަކުގެ މަޢުލޫމާތު ބެލެހެއްޓުން.
- މިހާރު ބޭނުންކުރެވެމުންދާ ޑޭޓާބޭސްތަކާއި ޑޭޓާބޭސް މެނޭޖްމަންޓް ސިސްޓަމްސް މޮޑިފައިކުރުން ނުވަތަ ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ހަވާލުކުރަންޖެހޭ ފަރާތްތަކާއި ހަވާލުކުރުން.
- މޮޑިފައިކޮށްގެން ނުވަތަ ލީކްވެގެން ގެއްލޭ ކޮމްޕިއުޓަރ ފައިލްތަކުގައިވާ ޑޭޓާތައް ހިމާޔަތްކުރުމަށް ސެކިއުރިޓީގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ސްޕަވައިޒަރ ގެ ލަފާގެ މަތިން އެޅުން.
- ޑޭޓާ ބޭސް ތަރައްޤީކޮށް ކޯޑިނޭޓްކުރުމަށް ޕްރޮޖެކްޓް ޓީމެއްގެ ތެރޭގައި މަސައްކަތްކުރުމާއި، އަދި މީގެ ޕްރޮޖެކްޓް ސްކޯޕް އަދި ލިމިޓޭޝަންސް ބެލުން.
- ލޮޖިކަލް އަދި ފިޒިކަލް ޑޭޓާބޭސް ޑިސްކްރިޕްޝަންސްތައް ލިޔުމާއި ކޯޑްކުރުން.
- ޑޭޓާބޭސް ބޭނުންކުރާ މުވައްޒަފުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން
- އާޑޭޓާބޭސްތައް އިންސްޓޯލްކުރުމުގައާއި ކޮމްޕިއުޓަރ ސިސްޓަމްސްތައް އިތުރަށް ރަގަޅުކުރުމަށް ކުރެވޭ މަސައްކަތްތައް ސުޕަވައިޒްކުރުމާއި އެޕްރޫވްކުރުން.
- ސޮފްޓްވެއަރ ބޭނުންކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި ގަވާއިދުތައް ހެދުމާއި، ޑޭޓާތައް ޕްރޮޓެކްޓްކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން.
- ޑޭޓާބޭސްތައް ބޭނުންކުރާ ފަރާތްތަކުން މިޑޭޓާބޭސްތައް ބޭނުންކުރުމަށް އެކްސެސް ލެވެލް ކަނޑައެޅުން.
- ސެކްޝަންތަކުން ވެބްސައިޓުގައި ހިމެނުމަށް ބޭނުންވަނީ ކޮންކޮން އެއްޗެއްސެއްތޯ ބަލާ އެ މަޢުލޫމާތުތައް ވެބްސައިޓުގައި ހިމެނުން.
- އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ސީ.ޑީ. ފަރުމާކުރުމާއި ތައްޔާރުކުން.
- އަލަށް ހެދޭ އެޕްލިކޭޝަންތައް ބޭނުންކުރުމަށް އޮފީސް މުވައްޒަފުން ތަމްރީނުކުރުން.
- އިސްވެދެންނެވުނު ކަންތައްތަކުގެ އިތުރުން އެޕްލިކޭޝަން/ ވެބްސައިޓް ޑިވެލޮޕްމަންޓްގެ ދާއިރާއިން ކުރަންޖެހޭ ކަންތައްތައް ކުރުން.
- ވަޒީފާއާ ގުޅިގެން އޮފީހުން ކުރަންޖެހިއްޖެ ކޮންމެ ކަމެއްގައި ހަރަކާތްތެރިވުން.
|
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީގެ ނަންބަރު 3004343، 3004340 އަށް ގުޅުއްވުން އެދެމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
- ތަޢުލީމާއި ތަމްރީން.
- މަސައްކަތުގެ ތަޖުރިބާ.
- އިންޓަރވިއު.
- ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.
- ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.
|
ތަކެތި ހުށަހަޅަންޖެހޭ ތާރީޚު
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ކައުންޓަރަށް.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 15 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން.
|
އިންޓަވިއު ކުރުން
- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ 2015 ސެޕްޓެންބަރު – އޮކްޓޫބަރު މަހުގެ ތާރީޚެއްގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައެވެ.
- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
|
ހުށަހަޅަންޖެހޭ ތަކެތި:
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށްބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|
17 ޛުލްޤަޢިދާ 1436
|