ދިވެހިރާއްޖެ
އިޢުލާން ބަނދަރުގައި ހަރުކޮށްފައިވާ އިސްކުރުތަކުން ފެން ދޫކުރުމުގެ އުސޫލު ޢާއްމުކުރުން. ނ.ހެނބަދޫ ބަނދަރުގައި ހަރުކޮށްފައިވާ ސަޕްލައި ފެންއިސްކުރުން އޮޑިދޯނިފަހަރުތަކަށް ފެން ދޫކުރާނެ އަގުތަކެއް މިކައުންސިލުން ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން 26 މޭ 2025 ވަނަ ދުވަހުން ފެށިގެން ފެން ދޫކުރާނެ އަގުތަށް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.
އެއްވެސް އުޅަނދަކަށް ފެންއެޅުމަށް ބޭނުންވާނަމަ، 7531753، 9922330 އަދި 9741740 ނަންބަރު ފޯނަށް ގުޅުއްވައިގެން ފެން އެޅުމުގެ ކަންކަން ހަމަޖެއްސެވުން އެދެމެވެ. ފެން އަޅާ ފަރާތްތަކުން ފެން އަޅާ އަދަދަށްވާ ފައިސާ ދައްކަވަން ޖެހޭނެކަމުގައި ދަންނަވަމެވެ. އެކައުންޓް ނަންބަރ: 7720700445001 އެކައުންޓް ނަން: 1325 REVENUE 1 ވައިބަރ ނަންބަރ: 9741740 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
28 ޛުލްޤައިދާ 1446 26 މޭ 2025 |