ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)259/2025/56
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2025
ޕަބްލިޝްކުރި ގަޑި: 12:45
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެއާއި އިންވެގެން އޮންނަ މަގު ސާފުކުރުމާއި މަގުގައި ބަހައްޓާފައިވާ މުދާ ނެގުމާއި ގުޅޭ

             މިހާރަކަށް އައިސް މީހުން ދިރިނޫޅޭ ފަޅުވެފައިވާ ގޯތިތަކުގެ އިތުރުން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި ތަކާއި ގުޅިފައިވާ މަގުތަކާއި ގޯޅިތައް ސާފުނުކޮށް ވިނަގަސްފަޅާފައި ހުންނަކަން މިކައުންސިލަށް ފާހަގަކުރެވެއެވެ.އެގިވަޑައިގަންނަވާނޭ ފަދައިން ގޯއްޗާއި ގުޅިފައިވާ މަގުތަކާއި ގޯޅިތަކުން ދެބައިކުޅަ އެއްބައި ސާފުކޮށް ބެލެހެއްޓުމަކީ އެގޯއްޗެއްގެ ވެރިފަރާތުން ކުރަންޖެހޭނެ ކަމެއްކަމުގައި ގޯތި ހަވާލުކުރާއިރުވާނީ އަންގާފައެވެ. މިގޮތުން ގޯތީގެ މަގާއި،ގޯޅި ސާފުކުރުމަށް ގޯތި ތަކުގެ ވެރިންނަށް ތަކުރާރުކޮށް މިކައުންސިލުން ވާނީ ފާއިތުވި ތަނުގައި ސިޓީ ފޮނުވާ،އެކަން އަންގަވާފައެވެ. ނަމަވެސް އަދިވެސް ބައެއް ފަރާތްތަކުން މަގާއި ގޯޅިތައް ސާފު ނުކުރާކަން މި ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން މަގާ ގޯޅިތަކުގައި މަގަށް ދަތިވާގޮތައް މުދާ ބަހައްޓާފައިވާކަން މިކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ.

 

   ވީމާ، ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކުގެ މަގުފަޅި ސާފުކުރުމަށާއި ގިނަ ދުވަސްތަކެއްވަންދެން މަގުމަތީ ބަހައްޓާފައިވާ ބައު އުޅަނދާއި ، މަގަށް ދަތިވާގޮތަށް ބަހައްޓާފައިވާ ތަކެތި މިއަދުން ފެށިގެން 14 ދުވަސްތެރޭ  ނެގުމަށް އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.   

26 މޭ 2025