ބީލަން
ނަންބަރު: (IUL)322/322/2025/66
ޕަބްލިޝްކުރި ތާރީޚް: 26 މޭ 2025
ޕަބްލިޝްކުރި ގަޑި: 11:19
ސުންގަޑި:
04 ޖޫން 2025 13:00
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިކައުންސިލަށް 02 އަހަރު ދުވަހުގެ މުއްދަތަށް ޤާނޫނީ ލަފާދޭނެ "ލޯ ފަރމް" އެއްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
- މިކައުންސިލަށް 02 އަހަރު ދުވަހުގެ މުއްދަތަށް ޤާނޫނީ ލަފާދޭނެ "ލޯ ފަރމް" އެއްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
- ދިވެހިރާއްޖޭގެ ބާ ކައުންސިލްގައި ލޯ ފަރމް ރަޖިސްޓްރީކޮށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓް ގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 27 މެއި 2025 ން 29 މެއި 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކޮށް މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވެވޭނީ ބިޑް ރަޖިސްޓްރޭޝަން ފޯމް ހުށައަޅާ ފަރާތްތަކަށެވެ.
- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 04 ޖޫން 2025 ވާ ބުދަ ދުވަހުގެ 13:00 ގައި މި އިދާރާގައެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީ އަދި ދުރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ހުށައަޅުއްވަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ބަލައި ގަނެވުނު ކަމުގާވިޔަސް ބާޠިލު ކުރެވޭނެއެވެ.
- އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 01 ޖޫން 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގެ މެއިލް [email protected] މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
26 މޭ 2025