ވަޒީފާގެ ފުރުޞަތު
ނަންބަރު: HDFC/IU/2015/15
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 10:44
ސުންގަޑި: 10 ސެޕްޓެންބަރު 2015 14:30
ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ
ދިވެހިރާއްޖެ
ކަސްޓަމަރ ކެއަރ/ އެޑްމިނިިސްޓްރޭޓިވް އެސިސްޓަންޓް

މިކުންފުނީގެ އައްޑޫ ބްރާންޗަށް ތިރީގައިވާ މަޤާމަށް މުވައްޒިފުން ބޭނުން ވެއްޖެއެވެ.

މަޤާމު: ކަސްޓަމަރ ކެއަރ/ އެޑްމިނިސްޓްރޭޓިވް އެސިސްޓަންޓް

އަދަދު: 01

ޝަރުޠު:

  • ޖީ.ސީ.އީ އޯލެވެލް (03 މާއްދާއިން ފާސްވެފައިވުން)، މީގެ ތެރޭގައި އިނގިރޭސި، ދިވެހި ހިމެނިފައިވުން، ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • ކޮންޕިއުޓާރ (މައިކްރޯސޮފްޓް އޮފީސް ޕެކޭޖް) ރަނގަޅުފެންވަރަކަށް ބޭނުންކުރަންއެގުން. 

މުސާރަ: ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް ބިނާކޮށް

މީގެ އިތުރުން ވަޒީފާޔަށް ނިކުންނަ ކޮންމެ ދުވަހަކަށް ކޮއްތު ފައިސާގެ ގޮތުގައި ދުވާލަކަށް -/50ރ. ދެވޭނެއެވެ. އަދި ކުންފުނީގެ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން މެޑިކަލް އިންޝުއަރަންސް އާއި ޓްރެއިނިންގ އަދި އެހެނިހެން އިނާޔަތް ތައް ފޯރުކޮށްދެވޭނެއެވެ.

ވީމާ ޝަރުޠު ހަމަވާ އަދި މިވަޒީފާޔަށް ޝައުޤު ވެރިވަޑައިގަންނަވާ ފަރާތްތަކުން 10 ސެޕްޓެމްބަރ 2015 ވަނަ ދުވަހުގެ 2:30 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ޖޮބް އެޕްލިކޭޝަން ފޯމާއެކު ތައުލީމީސެޓްފިކެޓް ތަކުގެ ކޮޕީ އަދި ވަނަވަރު ފޮނުއްވުން އެދެމެވެ.

ފޯމު ކުންފުނީގެ ވެބްސައިޓް www.hdfc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. 4 ވަނަ ފަންގިފިލާ،

ހ. މިއަލަނި، ސޯސަންމަގު، މާލެ، ދިވެހިރާއްޖެ.

31 އޮގަސްޓް 2015