ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)28-PM-1/1/2015/93
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:39
ސުންގަޑި: 15 ސެޕްޓެންބަރު 2015 00:00
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމު

ސީނިއަރ މޮނިޓަރިންގ އޮފިސަރ

ކްލެސިފިކޭޝަން

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް

MS 3

ސަރވިސް

ޓެކްނިކަލް ސަރވިސް

ސެކްޝަން/ޑިޕާޓްމަންޓް

ޖެނެރަލް އެޑްމިނިސްޓްރޭޝަން

މުސާރަ

-/7,035 ރުފިޔާ

ސަރވިސް އެލަވަންސް

-/2,000 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ

  1. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35
  2. މުސާރައާއި، ސަރވިސް އެލަވަންސްއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސްއާއެކު މަހަކު 11,497/25 ރުފިޔާ ލިބޭނެއެވެ.
  3. މީގެ އިތުރުން ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު

01

ތަޢްލީމާއި ތަޖްރިބާ

ހިއުމަންރިސޯސް މެނޭޖްމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު  މަސްއޫލިއްޔަތު

  1. އެޑްމިނިސްޓްރޭޝަން ޔުނިޓްގެ އިދާރީ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  2. މިނިސްޓްރީ އާއި އެމް.އެން.ޑީ.އެފްއިން ހިންގާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި އިޖުތިމާޢީ ހަރަކާތްތަކުގެ ކަންކަން ވިލަރެސްކުރުމާއި އެމް.އެން.ޑީ.އެފް އަދި މިނިސްޓްރީން ރާވާ، މިނިސްޓްރީގެ މުވައްޒަފުން ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކުގެ ކަންކަން ހިންގާ ބެލެހެއްޓުން.
  3. މިނިސްޓްރީގެ އިދާރީ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި މިނިސްޓްރީއާގުޅޭ ޚަބަރުތައް ލިޔެ ތައްޔާރުކުރުމާއި އަހަރީ ރިޕޯޓު ލިޔުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.

މަޤާމު

ލީގަލް އޮފިސަރ

ކްލެސިފިކޭޝަން

ލީގަލް ސަރވިސް ޕްރޮފެޝަނަލްސް

ރޭންކް

CS 9-2

ސަރވިސް

ލީގަލް ސަރވިސް ޕްރޮފެޝަނަލްސް

ސެކްޝަން/ޑިޕާޓްމަންޓް

ލީގަލް އެންޑް މޮނިޓަރިންގ

މުސާރަ

-/ 10,020ރުފިޔާ

ސަރވިސް އެލަވަންސް

-/3,600 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ

  1. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35
  2. މުސާރައާއި، ސަރވިސް އެލަވަންސްއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސްއާއިއެކު މަހަކު 17,127.00 ރުފިޔާ ލިބޭނެއެވެ.
  3. މީގެ އިތުރުން ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު

01

ތަޢްލީމާއި ތަޖްރިބާ

ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު  މަސްއޫލިއްޔަތު

  1. މިނިސްޓްރިގެ ދާއިރާގެ ޤާނޫނުތަކާއި ގަވާއިދުތައް ހެދުމާއި، މިނިސްޓްރިގެ މަސައްކަތްތަކާ ގުޅިގެން ޤާނޫނީގޮތުން ލަފާދިނުމާއި، މީގެ އިތުރުންވެސް ޤާނޫނީގޮތުން ކުރަންޖެހޭ އެންމެހާ ކަންކަންކުރުން.
  2. އިނގިރޭސިބަހުންނާއި ދިވެހިބަހުން އެގްރީމެންޓްތަކާއި، އެމް.އޯ.ޔޫ ތައްޔާރުކުރުން.
  3. މިނިސްޓްރީން އަމަލުކުރަމުންދާ ޤާނުނުތަކާއި ގަވާއިދުތަކުގެ ދަށުން ހިންގާ މަސައްކަތްތަކާއި ގުޅުންހުރި މައްސަލަތަކުގައި މީޑިއާގައާއި އާންމުންގެ ތެރޭގައި އުފެދޭ ސުވާލުތަކާގުޅޭގޮތުން ޖަވާބުދާރީވުން. 

މަޤާމު

ސީނިއަރ ހިއުމަންރިސޯސް އޮފިސަރ

ކްލެސިފިކޭޝަން

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް

MS 3

ސަރވިސް

ޓެކްނިކަލް ސަރވިސް

ސެކްޝަން

ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް  

މުސާރަ

-/7,035 ރުފިޔާ

ސަރވިސް އެލަވަންސް

-/2,000 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ

  1. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35
  2. މުސާރައާއި، ސަރވިސް އެލަވަންސްއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސްއާއެކު މަހަކު 11,497/25 ރުފިޔާ ލިބޭނެއެވެ.
  3. މީގެ އިތުރުން ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު

01

ތަޢުލީމާއި ތަޖުރިބާ

ތަޢުލީމީ ފެންވަރު:

  1. ހިއުމަންރިސޯސް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަންރިސޯސް މެނޭޖްމަންޓް ދާއިރާގައި 6 އަހަރުގެދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ހިއުމަންރިސޯސް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަންރިސޯސް މެނޭޖްމަންޓް ދާއިރާގައި 4 އަހަރުގެދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  3. ހިއުމަންރިސޯސް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަންރިސޯސް މެނޭޖްމަންޓް ދާއިރާގައި 2 އަހަރުގެދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  4. ހިއުމަންރިސޯސް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  5. ހިއުމަންރިސޯސް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި އޮފީސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  1. މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު ބެލުމުގެ ކަންތައް ހަމަޖެހިފައިވާ އުސޫލުން ރާވާހިންގުމާއި މިނިސްޓްރީގެ ދާއިރާގެ މުވައްޒަފުންނަށް ބޭނުންވާ ޓްރޭނިންގތައް ދެނެގަނެ އެކަންތައް ރާވާ ހިންގުން.
  2. މިނިސްޓްރީގެ ދާއިރާގައި ހިމެނޭ ސިވިލް މުވައްޒަފުންގެ ވަޒީފާދިނުމާއި ވަކިކުރުމާއި މަޤާމުގެ ކުރިއެރުން ދިނުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން.
  3. މިނިސްޓްރީގެ އެޗް.އާރު ޕްރޮގްރާމް މެދުވެރިކޮށް މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި ހާޒިރީ ރެކޯޑްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޗުއްޓީ ރެކޯޑްތައް ބެލެހެއްޓުން. 

މަޤާމު

އޮފީސް އެސިސްޓެންޓް

ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް

SS 2

ސަރވިސް

ކޯޕަރޭޓް ސަރވިސް

ސެކްޝަން

މެއިންޓަރނަންސް އެންޑް ލޮޖިސްޓިކްސް

މުސާރަ

-/3,470 ރުފިޔާ

ސަރވިސް އެލަވަންސް

-/1,000 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ

  1. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35
  2. މުސާރައާއި، ސަރވިސް އެލަވަންސްއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސްއާއިއެކު މަހަކު 5,684/50 ރުފިޔާ ލިބޭނެއެވެ.
  3. މީގެ އިތުރުން ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ބޭނުންވާ އަދަދު

01

ތަޢްލީމާއި ތަޖުރިބާ

ތަޢުލީމީ ފެންވަރު:

  1. ފޮޅާ ސާފުކުރުމުގެ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  3. ލިޔަންކިޔަން ދަތުމާއެކު މަޤާމުގައި ކުރަންޖެހޭ މަސައްކަތްކުރަން އެނގުމާއި މަސައްކަތްކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

މަޤާމުގެ މައިގަނޑު  މަސްއޫލިއްޔަތު

މިނިސްޓްރީން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ތަކެތި ހަވާލުކުރުމުން، އެއެއްޗެއް ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުމާއި، މިނިސްޓްރީގެ ތަންތަން ފޮޅާ ސާފުތާހިރުކޮށް ބެލެހެއްޓުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

15 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ (ބަންޑާރަކޮށި/އަމީރުއަހްމަދު މަގު)އަށް

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެންހުންނާނެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  3. ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީ.
  4. ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ).
  5. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން އަދި ޚިދުމަތުގައި ދެމިތިބި މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  6. ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، އެތަންތަނުގައި ވަޒީފާ އަދާކުރިގޮތުގެ ލިޔުންތައް. (ޚިދުމަތްކުރި މުއްދަތު އެނގޭގޮތަށް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ލިބިފައިވާ ތަމްރީނާއި މަސައްކަތު ތަޖުރިބާ އަދި މަސައްކަތުގެ އަޚުލާޤު
  2. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް
  3. ކޮމިއުނިކޭޝަން ސްކިލްސް ނުވަތަ މަޢުލޫމާތު ލިޔުމުންނާއި އަނގަބަހުން އެހެންފަރާތްތަކަށް ފޯރުކޮށްދިނުމުގެ ހުނަރު.

އިންޓަވިއު ކުރުން

މިމަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ 28 ސެޕްޓެންބަރު 2015 އިން ފެށިގެން މި މިނިސްޓްރީގައެވެ. އަދި އިންޓަވިއު އޮންނަ ތާރީޚުގެ 2 ދުވަސް ކުރިން އެމީހަކަށް އަންގާނަމެވެ. މީގެ އިތުރުން ލީގަލް އޮފިސަރ މަޤާމުގެ ވަޒީފާއަށް އެދޭ ފަރާތްތަކަށް ބާއްވާ ޕްރެކްޓިކަލްސް އާއި ޕްރެޒެންޓޭޝަންވެސް މިތާރީޚުން ފެށިގެން ކުރިއަށް ދާނެއެވެ.

ނޯޓް: މިވަޒީފާތަކަށް އެދިލައްވާފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި ތަޖްރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އަދި އިންޓަވިއު ކުރާނީ ޝޯޓް ލިސްޓް ކުރެވުނު 10 ފަރާތާއެވެ.

މަސައްކަތްކުރަންޖެހޭ ތަން

މި މަޤާމުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން އާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭނީ މާލޭގައެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3342967، 3313724 ނަންބަރު ފޯނާއެވެ

17 ޛުލްޤަޢިދާ 1436

01 ސެޕްޓެންބަރު 2015