ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)435-A1/1/2015/23
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:33
ސުންގަޑި: 08 ސެޕްޓެންބަރު 2015 10:00
ޑްރަގް ކޯޓު
ދިވެހިރާއްޖެ
ޑްރަގް ކޯޓަށް މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއެވެ.

ތިރީގައި މިދަންނަވާ ތަކެތި މިކޯޓަށް ގަންނަން ބޭނުންވެއެވެ. ވީމާ މިތަކެތި ވިއްކުމަށް އެދޭ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. ވީމާ މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 8 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

#

ބޭނުންވާ ތަކެތި

އަދަދު

1

ކޮޕީ މެޝިން

2

މާކުސް ދޭނެ ގޮތް:

- އަގަށް : %70 ( އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަޕޮއިންޓް )

- ޑެލިވަރީ މުއްދަތު : % 15 (އެންމެ ކުރު މުއްދަތު ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް)

- ތަޖުރިބާ : % 15 (2010 ވަނަ އަހަރުގެ ޖަނަވަރީން ފެށިގެން 2014 ވަނަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ދައުލަތުގެ މުއައްސަސާތަކަށް މިފަދަ ތަކެތި އެންމެގިނައިން ސަޕްލައި ކޮށްދީފައިވާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް)

އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

- އަންދާސީހިސާބު ހުށަހަޅޭނީ ލިސްޓު ކުރެވިފައިވާ ހުރިހާ އައިޓަމްތަކަށް އެއް އަންދާސީހިސާބެވެ.

- ޖީ.އެސް.ޓީ. އަށް ވާ އަދަދު ވަކިން އެނގޭނެހެން ޖުމުލަ އަގު ހުށަހެޅުން

- އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.    

- އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ. 

- ދަޢުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާން ކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅަން ވާނެއެވެ. 

ހުށަހަޅަންޖެހޭ ތަކެތި

- ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް އަދި ސެޓުފިކެޓު އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ ހުށަހެޅުން. 

- އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.    

- ޖީ.އެސް.ޓީ. އަށް ރަޖިސްޓަރީ ކޮށްފައިވާ ސެޓުފިކެޓް އޮފް ރެޖިސްޓްރޭޝަންގެ ކޮޕީ.

- ހުށަހެޅިފައިވާ އަންދާސީހިސާބު ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.

- އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ ހުށަހެޅުން.

- ތަޖުރިބާއަށް މާކުސް ދިނުމުގައި ބެލެވޭނީ މިފަދަ މަސައްކަތްތައް އެހެން އޮފީސްތަކުގައި ކޮށްފައިވާ ގޮތާ ގުޅޭގޮތުން އެ އޮފީސްތަކުން ދީފައިވާ ރެކޮމެންޑޭޝަން ލެޓާރ ފަދަ ލިޔުންތަކަށެވެ.

- ކުންފުންޏެއްނަމަ އެކުންފުނީގެ އެންމެ ފަހުގެ އޮޑިޓް ފައިނޭންޝަލް ރިޕޯޓް ހުށަހަޅަންވާނެއެވެ.

އަންދާސީހިސާބު ހުށަހެޅުން

އަންދާސީހިސާބު 10 ސެޕްޓެންބަރު 2015 ވަނަ ދުވަހުގެ 10:00 އަށް މި ކޯޓަށް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި "ކޮޕީ މެޝިން ވިއްކުމަށް އެދި" ލިޔެވިފައި އޮންނަންވާނެއެވެ. އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

ޑްރަގް ކޯޓް

ޖެނެރަލް އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯސަސް ޔުނިޓް

މާލެ، ދިވެހިރާއްޖެ

އަންދާސީހިސާބު ހުޅުވުން

އަންދާސީހިސާބު ހުޅުވާނީ 10 ސެޕްޓެންބަރު 2015 ވަނަ ދުވަހުގެ 10:00 ގައި ޑްރަގް ކޯޓުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ މީޓިންގ ރޫމުގައި، ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައެޅިފައިވާ ފަރާތްތަކާ އެއް ހާޒިރީއެއްގައެވެ.

މިކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3018556 އަށް ގުޅުއްވުން އެދެމެވެ.

19 ޛުލްޤަޢިދާ 1436 

03 ސެޕްޓެންބަރު 2015