ވަޒީފާގެ ފުރުޞަތު
ނަންބަރު: MRDC-IUL/2015/10
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:33
ސުންގަޑި: 10 ސެޕްޓެންބަރު 2015 12:00
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ހެޑް އޮފީހަށް މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު:

ސުޕަވައިޒަރ

ބޭނުންވާ އަދަދު:

10  (ދިހައެއް)

ކްލެސިފިކޭޝަން/ ރޭންކް:

MS1, GR 1

މުސާރަ:

-/4560 (ހަތަރުހާސް ފައްސަތޭކަ ފަސްދޮޅަސް ރުފިޔާ)

ލިވިންގ އެލަވަންސް:

-/1500 (އެއްހާސް ފަސްސަތޭކަ ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެ

މަސައްކަތް ކުރަންޖެހޭތަން:

މިކޯޕަރޭޝަންގެ ހެޑް އޮފީސް

ފެންވަރު ނުވަތަ ޝަރުޠު:

  • މަސައްކަތާ ގުޅޭދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވުން
  • ކޮމްޕިއުޓަރ ނޮލެޖް ހުރުމާއެކު ދިވެހި އަދި އިނގިރޭސި ބަހަށް ފަރިތަވުން.
  • އެކިއެކި ޕްރޮޖެކްސް ރާވާ ހިންގުމުގެ ކުޅަދާނަކަން ލިބިފައިވުމާއެކު އެކަން ސާބިތުކޮށްދިނުން އަދި
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއްކަމުގައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ކުންފުނިން ހަވާލުކުރާ ޕްރޮޖެކްޓްތަކުގެ އެންމެހާ ކަންތައްތައް ކަނޑައެޅިފައިވާ އުސޫލުން ރާވާ ހިންގުން
  • ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށް ގެންދާގޮތް މޮނިޓަރ ކުރުން
  • ސްޕަވައިޒްކުރާ މަސައްކަތްތައް ކުރިއަށްދާ ގޮތާއި މަސައްކަތްތައް ނިމޭވަރު ކޮންމެ ދުވަހަކު ހެޑްއޮފީހާ ހިއްސާކުރުން
  • މަސައްކަތުގެ ތެރެއިން ދިމާވާ މައްސަލަތައް ވަގުތުން ހައްލުކުރުމާއި އަދި ވަގުތުން ހައްލުނުކުރެވޭވަރުގެ މައްސަލަތައް ހެޑްއޮފީހާ ގުޅިގެން ހައްލުކުރުން 

މަޤާމު:

ލޭބަރ

ބޭނުންވާ އަދަދު:

50 (ފަންސާސް)

މުސާރަ:

-/4080 (ހަތަރުހާސް އައްޑިހަ ރުފިޔާ)

ލިވިންގ އެލަވަންސް:

-/1500 (އެއްހާސް ފަސްސަތޭކަ ރުފިޔާ)

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ

މަސައްކަތް ކުރަންޖެހޭތަން:

މިކޯޕަރޭޝަންގެ ހެޑް އޮފީސް

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ޕްރޮޖެކްޓް ސައިޓްގައި ކުރަންޖެހޭ އެކިއެކި ކޮންސްޓްރަކްޝަން މަސައްކަތްތަށް ކުރުން.
  • މެޝިނަރީއާއި ޓޫލްސް ސާފުކުރުމުގެ މަސައްކަތް
  • ޕްރޮޖެކްޓް ހިންގުމުގައި ތަންތަނަށް ފޮނުވަންޖެހޭ އެކިބާވަތުގެ ތަކެތި ވެހިކަލަށް އަރުވާ ބޭލުން.
  • މަސައްކަތްކުރާ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން
  • މިކޯރޕޮރޭޝަނުން ދައްކާ ތަފާތު އެކި ލޭބަރ މަސައްކަތްކުރުން

ފެންވަރު ނުވަތަ ޝަރުޠު:

ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަސާސީ ތަޢުލީމު ފެންވަރުހުރި މީހަކު ކަމުގައިވުން

ވަޒީފާ ދެވޭނީ 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން ހާޒިރީ އަށާއި މަސައްކަތުގެ އަޚުލާޤަށް އަދި ފެންވަރު ބެލުމަށް ހަމަޖެހިފައިވާ އުސޫލުން ދާއިމީ ކުރެވޭނެއެވެ. އަދި މިވަޒީފާއަށްއެދި ހުށަހަޅުއްވާ ފަރާތްތަކުން އިންޓަވިއުއަށް ކިޔޭނީ ޝޯޓްލިސްޓް ކުރެވޭފަރާތްތަކަށެވެ.   

ވީމާ، މިވަޒީފާތަކަށް އެދިލައްވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ ވަޒީފާއަށް ވަނުމަށް އެދޭ ފޯމް ވަނަވަރު، އައިޑީ ކާޑުގެ ކޮޕީ، ޕާސްޕޯޓް ސައިޒްގެ 2 ފޮޓޯ، ކޮށްފައިވާ އެކިއެކި މަސައްކަތުގެ ތަޖުރިބާ އެނގޭނެ ލިޔުން، ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލާ އެއްގޮތް ކޮޕީ އަދި ގުޅޭނެ ނަންބަރު އެނގޭ ގޮތަށް 10 ސެޕްޓެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ސިޓީ ފޮނުއްވައިދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކުންފުނީގެ ފޯނު ނަންބަރު 3000055 އަށް ގުޅުއްވުން އެދެމެވެ.

17 ޛުލްޤަޢިދާ 1436

01 ސެޕްޓެންބަރު 2015