ބީލަން
ނަންބަރު: (IUL)271-ESMS/271/2025/15
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2025
ޕަބްލިޝްކުރި ގަޑި: 13:26
ސުންގަޑި: 29 މޭ 2025 12:30
މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢީދު ކުޅިވަރު ހަރަކާތްތަށް ހިނގަމުންދާ ވަގުތުތަކުގައި ސައުންޑް އަދި ލައިޓިންގެ ހިދުމަތް ފޯރުކޮއްދޭނެ ފަރާތެއް ހޯދުން

 

ޢީދު ކުޅިވަރު ހަރަކާތްތަށް ހިނގަމުންދާ ވަގުތުތަކުގައި ސައުންޑް އަދި ލައިޓިންގެ ހިދުމަތް ފޯރުކޮއްދޭނެ ފަރާތެއް ހޯދުން

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ޢީދު ކުޅިވަރު ހަރަކާތްތަށް ހިނގަމުންދާ ވަގުތުތަކުގައި ސައުންޑް އަދި ލައިޓިންގެ ހިދުމަތް ފޯރުކޮއްދޭން ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން: ‏25‏ މެއި‏ 2025‏ (އާދީއްތަ‏) އަންގާރަ ދުވަހުގެ 12:00ން ފެށިގެން: ‏27‏ މެއި‏ 2025‏ (އަންގާރަ‏) ދުވަހުގެ 12:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ލިންކް: https://forms.gle/uZgFDTUc7uqpGooL6

 

މަޢުލޫމާތު ދިނުން:

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 27 މެއި 2025 (އަންގާރަ) ގުވަހުގެ 12:30 ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައި އޮންނާނެއެވެ. މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރި ނުވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.

ބީލަން ހުށަހެޅުން:

ބީލަން ހުޅުވުން އޮންނާނީ: ‏29‏ މެއި‏ 2025‏ (ބުރާސްފަތި‏) ދުވަހުގެ މެންދުރު 12:30 ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް،އަދި މަޢުލޫމާތާއި ލިޔެކިޔުން ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިބީލަމުގައި ބައިވެރިވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

 

 

 

27 ޛުލްޤައިދާ 1446

 

25 މޭ 2025