ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)KRH- B-17/2015/37
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:24
ސުންގަޑި: 16 ސެޕްޓެންބަރު 2015 14:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވޮޗަރ

މި ދާއިރާގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ. މަކުނުދޫ ޞިއްޙީމަރުކަޒުގެ ނަންބަރު SM-B17/2014/12 (ތާރީޚު:30 ސެޕްޓެންބަރު 2014) ގެ އިޢުލާނުގަ ގުޅޭ ލިޔުންތަކުގައި މައްސަލަތަކެއް ފާހަގަ ކުރެވިގެން އެއިއުލާން ބާޠިލުކޮށް އަލުން އެމަޤާމަށް އިޢުލާން ކުރަމެވެ.

މަޤާމު:

ވޮޗަރ

ބޭނުންވާ އަދަދު:              1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: SS1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ޑިވިޝަން / ސެކްޝަން

މަކުނުދޫ ޞިއްޙީ މަރުކަޒު

ވަޒީފާ އަދާ ކުރަންޖެހޭ ތަން

މަކުނުދޫ ޞިއްޙީ މަރުކަޒު / ހދ.މަކުނުދޫ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މަރުކަޒުގެ ސެކިއުރިޓީ ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވުން

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

ސިވިލްސަރވިސް މުވައްޒަފުންނަށް ހަމޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން ޢިނާޔަތްތައް ލިބޭނެއެވެ.

ހުށައަޅަންޖެހޭ ލިޔުންތައް

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މަކުނުދޫ ޞިއްޙީމަރުކަޒުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  • ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާ އިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެމުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. ( އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިއުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިއުމުގެ ކޮޕީ)
  • މަސައްކަތު ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  • ވަޒީފާއަށް އެދޭފަރާތުގެ (މުއްދަތުހަމަނުވާ) ކާކުކަން އަންގައިދޭ ކާޑުގެ ދެފުށްފެންނާނެ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަކޮޕީއެއް .
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، (ވަޒީފާއަށް އެދޭ ފޯމާއިއެކު އެޓޭޗް ކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

16 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މަކުނުދޫ ޞިއްޙީމަރުކަޒަށް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

ކުރިމަތިލައްވާ ފަރާތްތަކާ އިންޓަވިއު ކުރުން އޮންނާނީ، 2015 ވަނައަހަރުގެ އޮކްޓޫބަރު މަހުގައި، މަކުނުދޫ ޞިއްޙީމަރުކަޒުގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6520094 އާ ގުޅުއްވުން އެދެމެވެ.  

02 ސެޕްޓެންބަރު 2015