ދިވެހިރާއްޖެ
އިޢުލާން
މި ހޮސްޕިޓަލްގެ ނަންބަރު: 07) (IUL)TAH-B/TAH/2025/19 މޭ (2025 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާނު ބާތިލްކޮށް އަލުން ތ. ތިމަރަފުށީ ޞިއްޙީ މަރުކަޒުގެ ލަކުޑި ދޮރުތައް އެލުމެނިއަމް ދޮރަށް ބަދަލު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު، 04 ޖޫން 2025 ވާ ބުދަ ދުވަހު 13:00 އަށް މިއޮފީހަށް (ތ. އަތޮޅު ހޮސްޕިޓަލް) ނުވަތަ ތ. ތިމަރަފުށީ ޞިއްޙީ މަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ރަޖިސްޓްރީވުން: 29 މޭ 2025 ވާ ބްރާސްފަތި ދުވަހުގެ 13:00 ގެ ކުރިން
ބިޑް ހުޅުވުން: 04 ޖޫން 2025 ވާ ބުދަ ދުވަހުގެ 13:00 އަށް
ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށް މި އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރެއްވުމަށްފަހު 29 މޭ 2025 ވާ ބްރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފު ކުރައްވަން ބޭނުންވެލައްވާނަމަ 29 މޭ 2025 ވާ ބްރާސްފަތި ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. އަދި ބީލަމުގައި ރަޖިސްޓަރ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެކަމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. މި އިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެވެ.