ތަމްރީނު
ނަންބަރު: (IUL)166-Schol/166/2015/110
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 10:22
ސުންގަޑި: 07 ސެޕްޓެންބަރު 2015 14:30
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޞިއްޙީ ދާއިރާއަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީންކުރުމަށް ހުޅުވާލާ ސްކޮލަރޝިޕް ފުރުޞަތު

ޞިއްޙީ ދާއިރާއަށް ބޭނުންވާ ސްޕެޝަލިސްޓް ޑޮކްޓަރުން ތަމްރީންކުރުމަށް ހުޅުވާލާ ސްކޮލަރޝިޕް ފުރުޞަތު

ނޭޕާލް

ޤައުމު

ކޯހުގެ ފެންވަރު: ޕޯސްޓްގްރެޖުއޭޓް

ނެޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިންސަސް

އިންސްޓިޓިއުޓް

2 އޮފްތަމޮލޮޖީ

ކޯހުގެ އަދަދު، ދާއިރާ އަދި ލެވެލް

  • އެމް.ބީ.ބީ.އެސް ހާސިލުކޮށްފައިވުން. (ކޯހަށް އެދި ހުށަހަޅާ ޑިގްރީ ސެޓްފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓް ކޮށްފައިވާ ސެޓްފިކެޓަކަށް ވާންޖެހޭނެއެވެ.) އަދި
  • އެމް.ބީ.ބީ.އެސް ހެދުމަށްފަހު މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީވެފައިވާ ފަރާތެއްކަމުގައިވުން.

ޝަރުޠު

  • މިކޯސްތަކަށް ކެންޑިޑޭޓުން ހޮވުމުގައި އިސްކަންދޭނީ ތިރީގައިވާ މިންގަނޑަށް ބަލައިގެންނެވެ.
  1. މިފުރުޞަތުތަކަށް މީހުން ހޮވުމުގައި އެންމެ ފުރަތަމަ އިސްކަންދެވޭނީ އަތޮޅުތެރޭގެ ސަރުކާރު ހޮސްޕިޓަލެއް/ ޞިއްޙީ މަރުކަޒެއްގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނަށެވެ. ނަމަވެސް އަތޮޅުތެރޭގައި މަސައްކަތްކުރައްވާ ޑޮކްޓަރުންގެ އަދަދު ހުޅުވާލެވިފައިވާ ފުރުޞަތުގެ އަދަދަށްވުރެ އިތުރުވާނަމަ ދެން އިސްކަންދެވޭނީ، އެމް.ބީ.ބީ.އެސް ހެދުމަށްފަހު އަތޮޅުތެރޭގެ ސަރުކާރު ހޮސްޕިޓަލެއް/ ޞިއްޙީ މަރުކަޒެއްގައި ޚިދުމަތް ކޮށްފައިވާ މުއްދަތަށެވެ. ނަމަވެސް ޚިދުމަތުގެ މުއްދަތު އެއްވަރުވެއްޖެނަމަ ކެންޑިޑޭޓުން ހޮވާނީ ގުރުއަތުންނެވެ.
  2. މަތީގައި ދެންނެވިފައިވާ ފަދައިން އަތޮޅުތެރޭގެ  ސަރުކާރު ހޮސްޕިޓަލެއް/ ޞިއްޙީ މަރުކަޒެއްގައި މަސައްކަތް ކުރައްވާ ކެންޑިޑޭޓުން ހުޅުވާލެވިފައިވާ ފުރުޞަތުގެ އަދަދަށް ނުލިބިއްޖެނަމަ  ދެން އިސްކަންދޭނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ސަރުކާރުގެ ހޮސްޕިޓަލް/ ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށެވެ. ނަމަވެސް ސަރުކާރުގެ ހޮސްޕިޓަލް/ ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރައްވާ ކެންޑިޑޭޓުންގެ އަދަދު ހުޅުވާލެވިފައިވާ ފުރުޞަތުގެ އަދަދަށްވުރެ އިތުރުވާނަމަ ދެން އިސްކަންދެވޭނީ، އެމް.ބީ.ބީ.އެސް ހެދުމަށްފަހު  ސަރުކާރުގެ ހޮސްޕިޓަލް/ ޞިއްޙީ މަރުކަޒުތަކުގައި ޚިދުމަތްކޮށްފައިވާ މުއްދަތަށެވެ. ޚިދުމަތުގެ މުއްދަތު އެއްވަރުވެއްޖެނަމަ ކެންޑިޑޭޓުން ހޮވާނީ ގުރުއަތުންނެވެ.
  3. މަތީގައި ދެންނެވިފައިވާ ފަދައިން އަތޮޅުތެރޭގެ އަދި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ  ސަރުކާރުގެ ހޮސްޕިޓަލް / ޞިއްޙީ މަރުކަޒެއްގައިމަސައްކަތްކުރައްވާ ކެންޑިޑޭޓުން ހުޅުވާލެވިފައިވާ ފުރުޞަތުގެ އަދަދަށް ނުލުބިއްޖެ ޙާލަތެއްގައި ދެން ފުރުޞަތުދެވޭނީ އަތޮޅުތެރޭގެ ޕްރައިވެޓް ހޮސްޕިޓަލް/ ޞިއްޙީ މަރުކަޒު އަދި ކްލިނިކްތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށެވެ. ނަމަވެސް  އަތޮޅުތެރޭގެ ޕްރައިވެޓް ހޮސްޕިޓަލް/ ކްލިނިކްތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އަދަދު ހުޅުވާލެވިފައިވާ ފުރުޞަތުގެ އަދަދަށްވުރެ އިތުރުވެއްޖެނަމަ ދެން އިސްކަންދެވޭނީ އެމް.ބީ.ބީ.އެސް ހެދުމަށްފަހު އަތޮޅުތެރޭގައި މަސައްކަތްކޮށްފައިވާ މުއްދަތަށެވެ.  ޚިދުމަތުގެ މުއްދަތު އެއްވަރުވެއްޖެނަމަ ކެންޑިޑޭޓުން ހޮވާނީ ގުރުއަތުންނެވެ.
  4. މަތީގައި ދެންނެވިފައިވާ ތިން ގޮތަށްވެސް ބަލައިގެންވެސް ފުރުޞަތުގެ އަދަދަށް ކެންޑިޑޭޓުން ނުލިބިއްޖެނަމަ ދެން ފުރުޞަތުދެވޭނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ޕްރައިވެޓް ހޮސްޕިޓަލް/ ކްލިނިކްތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށެވެ. ނަމަވެސް މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ޕްރައިވެޓް ހޮސްޕިޓަލް/ ކްލިނިކްތަކުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އަދަދު ހުޅުވާލެވިފައިވާ ފުރުޞަތުގެ އަދަދަށްވުރެ އިތުރުވެއްޖެނަމަ ދެން އިސްކަންދެވޭނީ އެމް.ބީ.ބީ.އެސް ހެދުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތަށެވެ. ޚިދުމަތުގެ މުއްދަތު އެއްވަރުވެއްޖެނަމަ ކެންޑިޑޭޓުން ހޮވާނީ ގުރުއަތުންނެވެ.
  • ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މިޑިޕާރޓްމަންޓް މެދުވެރިވެގެން ކިޔެވުމަށް ބޭންކަކުން ލޯނެއް ނަގާފައިވާނަމަ ގަވާއިދުން ލޯނު ދައްކަމުންދާ ފަރާތެއްކަމުގައިވުން. އަދި މިކޯސް ހަދަމުންދާ މުއްދަތުގައިވެސް ލޯނު ގަވާއިދުން ދައްކަމުންގެންދަން އެއްބަސްވާ ފަރާތެއްކަމުގައިވުން.
  • ކޯހަށްއެދި ހުށަހަޅާ ޑިޕްލޮމާއިން ފެށިގެން މަތީސެޓްފިކެޓްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވާ ސެޓްފިކެޓަކަށް ވާންވާނެއެވެ. އަދި ބެޗްލަރސް ޑިގްރީ ސެޓްފިކެޓް ނުލިބޭފަރާތްތަކުން ޕްރޮވިޝަނަލް ސެޓްފިކެޓް ހުށަހަޅާނަމަ އެކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ އަދި އެއޮތޯރިޓީއިން ޤަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި އެސެޓްފިކެޓާއެކު ތަޢުލީމުކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.
  • އެކެންޑިޑޭޓަކު ބެޗުލަރސް ޑިގްރީ ހާސިލުކުރި ޔުނިވަރސިޓީއެއްގެ ގްރޭޑިންގ ކްރައިޓީރިއާ އާންމުކޮށް މިޑިޕާޓްމަންޓުން ބަލާ ގްރޭޑިންގ ސްކީމާ ތަފާތުނަމަ، އެޔުނިވަރސިޓީއެއްގެ ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅަންވާނެއެވެ. ގްރޭޑިންގ ކްރައިޓީރިއާ ހުށަހަޅާފައިނުވާނަމަ، ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދިނުމުގައި ބެލެވޭނީ މިޑިޕާޓްމަންޓުން ބަލަމުންގެންދާ އުސޫލުގެ މަތިންނެވެ.
  • ޑިޕްލޮމާއިން ފެށިގެން މަތީގެ ކޯސްތައް ފުރިހަމަ ކޮށްފައިވަނީ އެހެން ކޯހަކުން ކްރެޑިޓް ލިބިގެން ކަމުގައި ވަނީނަމަ، އެޕްލިކޭޝަން ހުށަހަޅާއިރު ކުރިން ހަދާފައިވާ ކޯސްތަކުގެ ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. މި ގޮތަށް ހުށަނާޅާ ފަރާތްތަކުގެ ޓްރާންސްކްރިޕްޓަށް ޕޮއިންޓް ދެވެން ނޯންނާތީ އެ ފަރާތްތަކުގެ އެޕްލިކޭޝަން ބާޠިލުކުރެވޭނެވެ.
  • މިކޯސްތަކަށް ފަންޑުކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ.
  • މި ސްކޮލަރޝިޕްގެ ދަށުން މަތީތަޢުލީމް ހާސިލުކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވާ ނިންމުމަށްފަހު، މިނިސްޓްރީ އޮފް ހެލްތުން ބޭނުންވެއްޖެ ހިނދެއްގައި އަތޮޅުތެރޭ ހޮސްޕިޓަލްތަކުގައި އަހަރަކު 1 ފަހަރު 3 މަސް ދުވަހަށްވުރެން ކުރުނޫން މުއްދަތަކަށް ޚިދުމަތް ކުރުމަށް ބޮންޑު ކުރެވޭނެއެވެ.  
  • މިކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާ އެއްފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާ އެއްފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.
  • މިއިޢުލާންގައި ބަޔާން ކުރެވިފައިވާ ޝަރުޠެއް ހަމަނުވުމުގެ ސަބަބުން ނުވަތަ ހުށަހަޅަންޖެހޭ ތަކެތި ހުށަނޭޅުމުގެ ސަބަބުން ޑިސްކޮލިފައި ކުރެވޭ ކެންޑިޑޭޓުން، މިޑިޕާޓްމަންޓްގެ ވެބްސައިޓްގައި އަޕްލޯޑް ކުރެވިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު" ގެ ދަށުން ކޮލިފައި ކުރެވިދާނެއެވެ.
  • ނޭޕާލްގެ ނޭޝަނަލް އެކަޑަމީ އޮފް މެޑިކަލް ސައިންސަސްގެ އެންޓްރީ ކްރައިޓީރިއާ އެނގިވަޑައިގަންނަވާނެ ލިޔުމެއް މިޑިޕާޓްމަންގެ ވެބްސައިޓް www.dhe.gov އަށް އަޕްލޯޑް ކުރެވިފައިވާނެއެވެ.
  • މިކޯހަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ލިސްޓް، ނޮމިނޭޝަން ހެދުމަށްފަހު މިޑިޕާރޓްމަންޓްގެ ވެބްސައިޓް: www.dhe.gov  އަށް އަޕްލޯޑް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

  • ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ އެޕްލިކޭޝަން ފޯމާއި އެފޯމުގައި ބަޔާންކޮށްފައިވާ ތަކެތީ 1 ސެޓް.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ނުވަތަ ލޯފަރމަކުން ތައްގަނޑުޖެހި އަސްލު.އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތަކުން ނަގާފައިވާ ކޮޕީ، އަދި އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ސްކޭން ކޮޕީ ޤަބޫލެއް ނުކުރެވޭނެއެވެ. (އެޓެސްޓް ކުރަންވާނީ އިނގިރޭސި ބަހުންނެވެ.)
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ އޮފީހެއްގެ ތައްގަނޑާއި އަދި ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ސޮއި އަދި ތާރީޚު އޮންނަންވާނެއެވެ. އެޓެސްޓޭޝަން ފުރުހަމަ ނޫންނަމަ އެޕްލިކޭޝަން ބާޠިލުކުރުމުގެ އިޚުތިޔާރު މިޑިޕާޓްމަންޓަށް ލިބިގެންވެއެވެ.
  • ކޯހަށް އެދި ހުށަހަޅާ ޑިޕްލޮމާއިން ފެށިގެން މަތީ ސްޓްފިކެޓްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓް ކޮށްފައިވާ ސެޓްފިކެޓަކަށް ވާންޖެހޭނެއެވެ. އަދި މާސްޓަރސް ޑިގްރީ ސެޓްފިކެޓް ނުލިބޭފަރާތްތަކުން ޕްރޮވިޝަނަލް ސެޓްފިކެޓް ހުށަހަޅާނަމަ އެކެންޑިޑޭޓެއް ފުރިހަމަ ކޮށްފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން ހަދާފައިވާ އެއޮތޯރިޓީއިން ޤަބޫލުކުރާ ފެންވަރެއްގެ ކޯހެއްކަން އަންގައިދޭ ލިޔުން. އަދި އެސެޓްފިކެޓާއެކު ތަޢުލީމު ހާސިލުކުރި ކޯހުގެ ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ.
  • ހާސިލުކޮށްފައިވާ މަތީ ތަޢުލީމުގެ ހުރިހާ ސެޓްފިކެޓްތަކެއްގެ ކޮޕީގައި އަސްލާ އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ޑިޕާޓްމަންޓް އޮފަ ޕަބްލިކް އެގްޒަމިނޭޝަނުން ނުވަތަ ލޯފަރމަކުން ތައްގަނޑުޖެހި އަސްލު.
  • އެމް.ބީ.ބީ.އެސް ހެދުމަށްފަހު މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީވެފައިވާކަން އަންގައިދޭ ލިޔުން.
  • ސަރުކާރުގެ ނުވަތަ އަމިއްލަފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މީހަކުނަމަ، އެތަނުން އެމީހަކު މިކޯހަށް ދޫކުރާނެކަމުގެ ލިޔުން.
  • އަތޮޅުތެރޭގައި މަސައްކަތް ކުރައްވާ ޑޮކްޓަރުން އެމް.ބީ.ބީ.އެސް ހެދުމަށްފަހު އަތޮޅުތެރެއަށް ޚިދުމަތްކޮށްފައިވާ މުއްދަތު އަންގައިދޭ ރަސްމީ ލިޔުން.
  • މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި މަސައްކަތްކުރައްވާ ޑޮކްޓަރުން އެމް.ބީ.ބީ.އެސް ހެދުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާ މުއްދަތު އަންގައިދޭ ރަސްމީ ލިޔުން.
  • ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މިޑިޕާރޓްމަންޓް މެދުވެރިވެގެން ކިޔެވުމަށް ބޭންކަކުން ލޯނެއް ނަގާފައިވާނަމަ ގަވާއިދުން ލޯނު ދައްކަމުންދާކަމުގެ ރަސްމީ ލިޔުން އަދި މިކޯސް ހަދަމުންދާ މުއްދަތުގައިވެސް ލޯނު ދައްކަމުންގެންދަން އެއްބަސްވާކަމުގެ ލިޔުން.
  • ކޯހަށް ހުށަހަޅުއްވާ ފަރާތް މިވަގުތު މަސައްކަތް ކުރައްވަނީ ކޮން ތަނެއްގައިކަން އަންގައިދޭ ރަސްމީ ލިޔުން

ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓެއް ހަމައަށް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ޑިސްކޮލިފައި ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

ސުންގަޑި: 07 ސެޕްޓެންބަރު 2015 (ހޯމަ) ދުވަހުގެ 14:30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށްލާ ބަންދުކޮށް އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ސިޓީއުރައިގެ ބޭރުގައި ލިޔުމަށްފަހު މިޑިޕާޓްމަންޓްގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ.

ކޯހަށްއެދޭ ފޯމު ހެނދުނު 8:30 އިން މެންދުރުފަހު 15:00 އަށް ވެލާނާގޭ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ ވެބްސައިޓުން (http://www.dhe.gov.mv) ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު 3341325 ނަންބަރު ފޯނުން އިން ލިބިވަޑައިގަންނަވާނެއެވެ.

16 ޛުލްޤަޢިދާ 1436

31 އޮގަސްޓް 2015