ނީލަން
ނަންބަރު: 137-IU/PR/2015/146
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:21
ސުންގަޑި: 09 ސެޕްޓެންބަރު 2015 11:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ބައެއް ތަކެތި ނީލަމުގައި ވިއްކާލުމަށް

ނީލަންކިޔުން:

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ބޭނުން ކޮށްފައި ހުރި، ތިރީގައި މިދަންނަވާ ބާވަތްތަކުގެ މުދާ ނީލަން ކިޔުމަށް ބޭނުންވެއެވެ.

  1. ދަގަނޑުގެ ބައިތަށް
  2. އެލްމިނިއަމްގެ ބައިތަށް
  3. އެއާރކޯންގެ ބައިތަށް
  4. ލޯ ނަރުގެ ބައިތަށް
  5. އެލްމިނިއަމް ކޭބަލްގެ ބައިތަށް

ވީމާ ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މިހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު, އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓިއުރައެއްގައެވެ.

ތަފުސީލު

ތާރީޚު (ދުވަސް)

ގަޑި

ތަން

ނީލަމުގައި ބައިވެރިވުމަށް ނަންނޯޓް ކުރުން

  • ނީލަމުގައި ބައިވެރިވެވޭނި ގަޑިއަށް ހާޒިރުވާ ފަރާތްތަކަށެވެ.
  • ނީލަމުގައި ބައިވެރިވުމަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ނުވަތަ އެފަދަ ރަސްމީ ލިޔުމެއް ހުށަހަޅަން ވާނެއެވެ.

09 ސެޕްޓެންބަރު 2015 (ބުދަ)

11:00

ކޮންފެރެންސް ހޯލް

އަގު ހުށަހެޅުއްވުން

  • އަގު ހުށަހަޅުއްވާނީ ކޮންމެ ބަޔަކަށް ވަކިން ކިލޯއަކަށް ޖެހޭއަދަދާއި، ޖުމްލަ އަގު އެނގެން އޮންނާނެ ގޮތަށެވެ.

14 ސެޕްޓެންބަރު 2015 (ހޯމަ)

14:00

އެޑްމިން ހޯލް

މުދާ ބެލުމުގެ އިންތިޒާމް

09 ސެޕްޓެމްބަރ 2015 (ބުދަ)

11:00

އައި.ޖީ.އެމް.އެޗް

މުދާ ގެންދިޔުން

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ފައިނޭންސް ޑިޕާޓްމަންޓަށް ފައިސާދެއްކުމަށްފަހު، ނީލަމުން ނަގާ މުދާ 36 ގަޑިއިރު ތެރޭގައި ގެންދަންވާނެއެވެ. މިގޮތުން ނުގެންގޮސް ހުންނަ މުދާ، ނީލަން ނެގިފަރާތުން ބޭނުން ނުވާ ކަމަށް ބަލައި ތަކެތި ނައްތާލެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަން، ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

މިނީލަމާބެހޭ އިތުރު މަޢުލޫމާތު ހޯދެވުމަށް، މި ހޮސްޕިޓަލުގެ ނަންބަރު 3335949 ފޯނުން ގުޅުއްވުންއެދެމެވެ.

19 ޛުލްޤައިދާ 1436

03 ސެޕްޓެންބަރު 2015