ނީލަން
ނަންބަރު: MB-2015/179
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:21
ސުންގަޑި: 08 ސެޕްޓެންބަރު 2015 13:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބައު ތަކެތި ނީލަމުގައި ވިއްކާލުމަށް

އިޢުލާން

ވިލިނގިލި އަވަށު އިންޖީނުގޭގައި ހުރި މިދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

  • 02 ޓްރާންސްފޯމަރ (ހަލާކުވެފައި)
  • 01 އޯވަރހެޑް ކްރޭން (ހަލާކުފެފައި)
  • 01 ކްރޭންސާފްޓް (ހަލާކުވެފައި)
  • ބައު ދަގަނޑުތަކެއް

މިތަކެތީގެ ނީލަން ފެށޭ އަގަކީ 70,000.00ރ (ހަތްދިހަ ހާސް ރުފިޔާ) އެވެ. މިތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 1,000.00ރ (އެއްހާސް ރުފިޔާ) އެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން މިތަކެތި ބައްލަވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ނީލަން ފެށޭ އަގުގެ %50 އަށްވާ 35,000.00ރ (ތިރީސްފަސްހާސް ރުފިޔާ) ޑިޕޮޒިޓް ދެއްކެވުމަށްފަހު ފައިސާ ދެއްކެވި ރަސީދުގެ ކޮޕީއާއެކު ހުށަހަޅުއްވާ އެންމެ މަތީ އަގު ބަންދުކޮށް 2015 ސެޕްޓެންބަރު 08 ވާ އަންގާރަ ދުވަހުގެ 13:00 އަށްމިކުންފުންޏަށް ހާޒިރުވެ ދެއްވުން އެދެމެވެ. އަދި މިތަކެތީގެ ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދެވުން އެދެމެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފި ނަމަ ނީލަން ބާތިލްކޮށް އަލުން މިތަކެތި ނީލަމަށް ލެވޭނެކަމަށާއި ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ. އަދި އެފަރާތުން ޑިޕޮޒިޓްގެ ގޮތުގައި ދެއްކެވި ފައިސާ އަނބުރާ ދޭގޮތަށް ހަމަޖެހިފައި ނުވާ ކަމުގައިވެސް ދެންނެވީމެވެ.

ނީލަމުގައި ބައިވެރިވެލެއްވި ފަރާތްތަކުގެ ތެރެއިން ނީލަން ކާމިޔާބު ކުރެއްވި ފަރާތް ނޫން އެހެން ފަރާތްތަކުން ޑިޕޮޒިޓްގެ ގޮތުގައި ދެއްކެވި ފައިސާ ނީލަން ނިމޭތާ ގިނަވެގެން (ސަރުކާރު ބަންދު ދުވަސް ނުހިމަނާ) 7 ދުވަހުގެ ތެރޭގައި އެފަރާތްތަކަށް ޙަވާލު ކުރެވޭނެއެވެ. އަދި ދަންނަވަމެވެ. މިކަމާބެހޭ ގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި ނަންބަރު 7939800 ފޯނާ ގުޅުއްވުން އެދެމެވެ.

17 ޛުލްޤަޢިދާ 1436  

01 ސެޕްޓެންބަރު 2015