ދިވެހިރާއްޖެ
ދޯނި "ކުރި" ރަޖިސްޓްރީ ނަންބަރު: [P9154A-01[01-R އަދި އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމާ ބެހޭ
ދޯނީގެ ތަފުސީލު:
ބާވަތް: ދޯނި
ނަން: ކުރި
ރަޖިސްޓްރީ ނަންބަރު: [P9154A-01[01-R
މުދަލުގެ ތަފުސީލު: ދިގުމިން: 14.110 މީޓަރ، ފުޅާމިން 4.100 މީޓަރ، ފުންމިން: 1.680 މީޓަރ، ޓަނޭޖް: 4.120
ވެރިފަރާތް: އަލްފާޟިލް އަބްދްﷲ އިބްރާހިމް، ކުރުބޮށި، ޏ. ފުވައްމުލައް
ނޯޓް: މި ދޯންޏަކީ ފައިބަރުން ބަނދެފައި އޮތް މަސް ދޯންޏެކެވެ. ދޯނި ވިއްކާލުމަށް ހަމަޖެހިފައިވަނީ ދޯނީގައިވާ އިންޖީނާ އެކުގައެވެ. ދޯނީގައިވާ އިންޖީނުގެ ތަފުސީލު ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ. މިދޯނި ރަޖިސްޓްރީ ކޮށްދީފައިވަނީ 16 އޮގަސްޓް 2007 ގައެވެ. މި އިޢުލާނުކުރެވޭ އިރު މިދޯނި އޮތީ ޏ. ފުވައްމުލަކު ގައެވެ.
އިންޖީނުގެ ތަފުސީލު:
ބާވަތް: މެރިން އިންޖީނު
ބްރޭންޑް: ޔަންމަރ (45hp)
ދޯނި އަދި އިންޖީނު ރަޙުނުކުރެވިފައިވަނީ: އަލްފާޟިލް އަބްދުﷲ އިބްރާހިމް، ކުރުބޮށި، ޏ. ފުވައްމުލަކަށް ދޫކޮށްފައިވާ ލޯނަކަށް
ރަޙުނު ވިއްކާލުމުގެ ހުއްދަ: ޏ. އަތޮޅު ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާ ނަންބަރު /R1C-2/2013593 އިން
ނީލަމުގެ ތަފުސީލު:
މަދުވެގެން ހުށަހެޅޭނެ އަގު: 560,000.00ރ. (ފަސްލައްކަ ފަސްދޮޅަސްހާސް ރުފިޔާ)
މުއްދަތު ހަމަވާ ތާރީޚު: 14 ސެޕްޓެންބަރު 2015 ގެ މެންދުރުފަހު 01:30 އަށް
ބިޑް ހުޅުވާނެ ތަން: ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ސީޓްރެކްސް ބިލްޑިންގް 07 ވަނަ ފަންގިފިލާގައި ހުންނަ ރިކަވަރީސް ޑިޕާރޓްމަންޓް
މުއްދަތު ހަމަވާ ތާރީޙާއި ހަމައަށް ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތު އެތަނަށް ހާޒިރުވެ ވަޑައިގެން ތިއްބެވި ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި އެންމެ މަތީ އަގު އިޢުލާން ކުރެވޭނެއެވެ.
ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު މިބޭންކުގެ ވެބްސައިޓް (www.bankofmaldives.com.mv) ގައި އިއުލާންކުރެވި، އަތޮޅުތެރޭ ބްރާންޗްތަކުގެ ނޯޓިސް ބޯޑުތަކުގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަން ނިންމާލެވޭނީ އެންމެ މަތީ އަގު ކަމުގައި އިޢުލާނު ކުރެވޭ އަގަށް ބަދަލެއް ނައިސް، އިޢުލާން ކުރެވޭ ތާރީޚުން ފެށިގެން 05 (ފަހެއް) ދުވަސް ވަންދެން (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ) އެއް އަގެއްގައި އޮތުމުންނެވެ.
ނީލަން ނިންމުން:
ނީލަން ނިމުމުން އެންމެ މަތީ އަގު ހުށަހަޅާފައިވާ ފަރާތަކަށް އެކަން އަންގާނެއެވެ. އެފަރާތަކަށް ނީލަން ނިމުނުކަން ބޭންކުން އަންގާ ތާރީޚުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ) ނުވަތަ ބޭންކުން އިތުރުކޮށްދެވޭ މުއްދަތެއްގެ ތެރޭގައި އެފަރާތަކުން ހުށަހެޅި ޖުމްލަ އަގަށްވާ ފައިސާ ބޭންކަށް ދައްކަވަންވާނެއެވެ. ނުދައްކަވައިފިނަމަ އެހުށަހެޅުން ބާޠިލް ކުރުމަށް ނުވަތަ ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން އަލުން ފެށުމުގެ ޙައްޤު ބޭންކަށް ލިބިގެންވެއެވެ.
ވަކިފަރާތަކަށް ނީލަން ނިންމުމަށް ބޭންކުން ކަނޑައަޅައިފިކަން ރަސްމީކޮށް އެފަރާތަކަށް ބޭންކުން އެންގުމުގެ ކުރިން ނީލަން ބާޠިލުކުރުމުގެ އިޚްތިޔާރު ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ލިބިގެންވާކަމުގައި ދެންނެވީމެވެ.
އަގު ހުށަހެޅުން:
ހުށަހަޅަންޖެހޭ ގޮތް: ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ހެނދުނު 09:00 އާއި މެންދުރުފަހު 01:30 އާ ދެމެދު މިބޭންކުގެ ސީޓްރެކްސް ބިލްޑިންގް 07 ވަނަ ފަންގިފިލާގައި ހުންނަ ރިކަވަރީސް ޑިޕާރޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި "ދޯނި ކުރި ގަތުމަށް އެދި" މިހެން ލިޔެވިފައި އޮންނަންވާނެއެވެ.
އަމިއްލަ ފަރުދެއްނަމަ:
- ގުޅޭނެ ފޯނު ނަންބަރަކާއެކު، އަގު (ދިވެހި ރުފިޔާއިން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ބިދޭސީއެއްނަމަ ޕާސްޕޯރޓް ކޮޕީ)
ކުންފުންޏެއްކަމަ:
- މި ނީލަމާ ގުޅިގެން ބޭންކާ މުޢާމަލާތް ކުރައްވާނެ ފަރާތަކާ ގުޅޭނެ ފޯނު ނަންބަރަކާއެކު، އަގު (ދިވެހި ރުފިޔާއިން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް
- ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
- މި ނީލަމާ ގުޅިގެން ބޭންކާ މުޢާމަލާތުކުރައްވާނެ ފަރާތެއް އައްޔަންކުރައްވާފައިވާ ކުންފުނީގެ ޤަރާރު
- ކުންފުނީގެ މެމޮރެންޑަމް އަދި އާރޓިކަލް އޮފް އެސޯސިއޭޝަން
- މީގެ އިތުރުން ނީލަމަށް ހުށަހާޅާ އަގު ދެއްކުމުގެ މާލީ ޤާބިލުކަން ހުށަހަޅާ ފަރާތުގެ ކިބައިގައި ހުރިކަން ސާބިތުކުރުމަށްޓަކައި އެންމެ ފަހުގެ ބޭންކް އެކައުންޓް ސްޓޭޓްމަންޓް (ފާއިތުވި 06 މަސްދުވަހުގެ) ހުށަހަޅަންވާނެއެވެ. މިގޮތަށް ހުށަހަޅާ އެކައުންޓް ސްޓޭޓްމަންޓް އަޕްޑޭޓްކުރެވިފައި އޮންނަންވާނީ އެންމެ ފަސްވެގެން އަގު ހުށަހަޅާ ތާރީޚްގެ 07 (ހަތެއް) ދުވަސް ކުރިއަށެވެ. އަދި މިގޮތަށް ހުށަހަޅުއްވާ އެކައުންޓް ސްޓޭޓްމަންޓް ވާންވާނީ ސީދާ އެފަރާތެއްގެ ބޭންކުން ދޫކޮށްފައިވާ އޮރިޖިނަލް ލިޔުމަކަށެވެ. ބިޑާއެކު ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރެވިފައިނުވާނަމަ، ބިޑް ބާޠިލުކުރުމުގެ ޙައްޤު ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ލިބިގެންވާކަމުގައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް: ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ރިކަވަރީސް ޑިޕާރޓްމަންޓާއި (ފޯން ނަންބަރު: 3330187/ 3015385، އީމެއިލް:[email protected]) ގުޅުއްވުން އެދެމެވެ.
ޝަރުޠު: މަތީގައި ބަޔާންކުރެވިފައިވާ ނީލަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި މަސައްކަތް ކުރައްވާ އެއްވެސް މުވައްޒަފަކަށް ނުވަތަ ބޭންކުގެ ބޯޑް ޑައިރެކްޓަރަކަށް، ނުވަތަ އެފަދަ އެއްވެސް ފަރާތެއްގެ އާއިލާގެ ބޭފުޅަކަށް (އާއިލާ މާނަކުރުމުގައި މައިންބަފައިން، ދަރިން، ފިރިން/އަނބިން، އެއްބަނޑު/ އެއްބަފާ ބޭފުޅުން، ހިމެނޭ ގޮތަށް) ނުވަތަ އެފަދަ ފަރާތެއް ހިއްސާދާރެއްގެ ގޮތުގައި ނުވަތަ ޑިރެކްޓަރެއްގެ ގޮތުގައި ހިމެނޭ ޕްރައިވެޓް ކުންފުންޏަކުން ބައިވެރިއެއް ނުވެވޭނެއެވެ. ދެންނެވިފައިވާ ބޭފުޅުން ފިޔަވައި އެންމެހާ ފަރުދުންނަށް އަދި ކުންފުނިތަކަށް މިނީލަމުގައި ބައިވެރިވެވޭނެއެވެ.
ކުރީގެ އިޢުލާންތައް: މަތީގައި ބަޔާންކުރެވިފައިވާ ދޯނި އަދި އިންޖީނު ވިއްކާލުމަށް މީގެ ކުރިން އެއްވެސް އިޢުލާނެއް ކުރެވިފައިނުވާ ވާހަކަ ދެންނެވީމެވެ.