މަސައްކަތް
ނަންބަރު: (IUL)459-A/1/2015/84
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 09:21
ސުންގަޑި: 08 ސެޕްޓެންބަރު 2015 13:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
މެނުއަލްއެއް ތައްޔާރު ކުރުމަށްޓަކައި ކޮންސަލްޓެންޓެއް ހޯދުމަށް

"ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންގެ ޤާނޫނީ ބެލެނިވެރިކަން ޙަވާލުކުރެވޭ ފަރާތްތައް ތަމްރީނު ކުރުމަށް ބޭނުންކުރެވޭ މެނުއަލްއެއް ތައްޔާރު ކުރުމަށްޓަކައި ކޮންސަލްޓެންޓެއް ހޯދުމަށް"

ދައުލަތުގެ ބެލުމުގެ ދަށުން ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންގެ ތެރެއިން ޤާނޫނީ ބެލެނިވެރިކަން ހަވާލުކުރެވޭ ފަރާތްތައް ތަމްރީނު ކުރުމަށް ބޭނުންކުރެވޭ މެނުއަލްއެއް ތައްޔާރު ކުރުމަށްޓަކައި ކޮންސަލްޓެންޓެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 8 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 1:00 އަށް މި މިނިސްޓްރީއަށް (ބިއްލޫރިޖެހިގެ/ މަޖީދީމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 1:00 ގައި މި މިނިސްޓްރީއަށް (ބިއްލޫރިޖެހިގެ/ މަޖީދީމަގު) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅޭނީ 8 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހު މަޢުލޫމާތު ސާފުކުރަން ހާޒިރުވާ ފަރާތްތަކަށް އެކަންޏެވެ.

މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންނަމަ، 3013017 ނަންބަރުން މިމިނިސްޓްރީގެ ޕްރޮކިއުމަންޓް ސެކްޝަނާ ގުޅުއްވުން އެދެމެވެ.

16 ޛުލްޤަޢިދާ 1436

31 އޮގަސްޓް 2015