ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)94-V/1/2015/32
ޕަބްލިޝްކުރި ތާރީޚް: 30 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 08:55
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ގެވެށި މަސައްކަތްތެރިންގެ ގޮތުގައި އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރެވޭނީ އުމުރުން 23 އަހަރާއި 58 އަހަރާ ދެމެދުގެ ބިދޭސީންނަށް ކަމުގައި ހަމަޖެއްސުން

އިޢުލާން

ގެވެށި މަސައްކަތްތެރިންގެ ގޮތުގައި "ޑޮމެސްޓިކް ސާރވަންޓް" އާއި "ޑޮމެސްޓިކް ޑްރައިވަރ" އަދި "އެޓެންޑެންޓް" މި މަގާމުތަކަށް ގެންނަ ބިދޭސީންނަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރުމަށް މިހާރު ކަނޑައަޅާފައިވާ އުމުރުފުރައިގެ ސަބަބުން، މި މަގާމުތަކަށް ބިދޭސީ މުވައްޒަފުން ހޯއްދެވުމުގައި ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ދަތިތަކާ ދިމާވަމުންދާ ކަމަށް ބުނެ ވަރަށް ގިނަ ފަރާތްތަކަކުން މި ޑިޕާޓްމަންޓަށް ހުށަހަޅުއްވަމުންދާތީ، ގެވެށި މަސައްކަތްތެރިންގެ ގޮތުގައި އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރެވޭނީ އުމުރުން 23 އަހަރާއި 58 އަހަރާ ދެމެދުގެ ބިދޭސީންނަށް ކަމުގައި ހަމަޖައްސައި، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

15 ޛުލްޤަޢިދާ 1436 

30 އޮގަސްޓް 2015