މުބާރާތް
ނަންބަރު: (IUL)330-B/330/2025/36
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2025
ޕަބްލިޝްކުރި ގަޑި: 12:53
ސުންގަޑި: 05 ޖޫން 2025 14:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2025 ގައި ބަވެރިވުމުގެ ފުރުޞަތު ހުޅުވާލުން

މާލެއަތޮޅު ކާށިދޫ ކައުންސިލްގެ ފަރާތުން ކުރިއަށް އޮތް ޖުލައި މަހުގެ 24 ވަނަ ދުވަހުން ފެށިގެން "ކާށިދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2025" ގެ ނަމުގައި ވާދައިގެ ތައްޓަށް ކުޅެވޭ ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ކާށިދޫއަށް ނިސްބަތްވާ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ބެލެނިވެރިކަމުގެ ދަށުން ބައިވެރިކުރާ ޓީމުތަކަށެވެ.

        މުބާރާތުގެ ޗެމްޕިއަން ޓީމަށް 40000 (ސާޅީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމާއި ވާދައިގެ ތައްޓާއި ރަން މެޑެލް އަދި ހަނދާނި ލިޔުން ދެވޭނެއެވެ. އަދި މުބާރާތުގެ ރަނަރ-އަޕް ޓީމަށް 25000 (ފަންސަވީސް ހާސް) ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީއާއި ރިހި މެޑެލް އަދި ހަނދާނި ލިޔުން ދެވޭނެއެވެ.

      ވީމާ މި މުބާރާތުގައި ޓީމުތައް ބައިވެރިކުރަން ބޭނުންވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ނަންގަވައި ފުރުއްވުމަށްފަހު 2025 ޖޫން 05 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ހުށަހަޅުއްވާއިރު އޮންނަންވާނީ އެ ޓީމެއް ނިސްބަތްވާ ޖަމާޢަތުގެ ވެރިއެއްގެ ސޮއިކޮށް ތައްގަނޑު ޖަހާފައެވެ. ޓީމު ރަޖިސްޓްރީކުރަން އެދޭ ފޯމާއި މުބާރާތުގެ ޤަވާޢިދު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައި އެވަނީއެވެ.

22 މޭ 2025