މަސައްކަތް
ނަންބަރު: (IUL)IM-AD/1/2015/28
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:19
ސުންގަޑި: 09 ސެޕްޓެންބަރު 2015 11:30
ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
04 ކުލާސްރޫމް އަދި 04 ފާޚާނާ ޢިމާރާތްކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލަށް އަލަށް އިތުރުކުރެވިފައިވާ ބިމުގައި 04 ކުލާސްރޫމް އަދި 04 ފާޚާނާ އަމިއްލަ ތަކެތީގައި ޢިމާރާތްކުރުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ ހެނދުނު 11:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ސެޕްޓެންބަރު 2015 ވާ ބުދަ ދުވަހުގެ ހެނދުނު 11:30 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަތީގައި ދެންނެވިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ.

01 ސެޕްޓެންބަރު 2015