ވަޒީފާގެ ފުރުޞަތު
ނަންބަރު: WAMCO-HR/IUL/2025/061
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2025
ޕަބްލިޝްކުރި ގަޑި: 12:35
ސުންގަޑި: 29 މޭ 2025 12:00
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އޭ.ސީ މެކޭނިކް

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

އޭ.ސީ މެކޭނިކް

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

އޮފިސަރ

މުސާރައާއި ޢިނާޔަތްތައް

މަހަކު -/12,000 ރުފިޔާ

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) / އިންޖީނިއަރިންގ ޑިޕާޓްމަންޓް (މާލެ، ވިލިމާލެ، ހުޅުމާލެ އަދި ތިލަފުށި)

ބޭނުންވާ އަދަދު

04

ޝަރުޠު

  1. މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން  ނުވަތަ،
  2. 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
  3. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން،
  4. މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.
  5. ވެހިކްލް އަދި ވެސަލް ތަކުގެ އޭސީ މައްސަލައްތައް ހައްލުކުރެވޭ ތަޖުރިބާ ހުރިފަރާތައް އިސްކަން ދެވޭނެއެވެ،

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އޭސީ ތަކުގެ ރޫޓިންގ އަދި ޕްރިވެންޓިވް މެއިންޓެނަންސް ރާވާ ހިންގުން.

މަސައްކަތްކުރުމަށް ބޭނުންވާ ތަކެތި ހަމައަށް ހުރިތޯ ބަލާ ޗެކްކުރުމަށްފަހު އިންޖީނިއަރ ނުވަތަ އިސްވެރިޔާ އަންގާ، ތަކެތި ހަމަކުރުން.

  1. މަސައްކަތް ފެށުމުގެ ކުރިން ބޭނުންވާ ޓޫލްސްތަކާ ސުޓޯރުން ހަވާލުވެ މަސައްކަތް ނިމުމުން ޓޫލްސްތައް ސުޓޯރަށް އަނބުރާ ހަވާލުކުރުން.
  2. މަސައްކަތްކުރުމަށް ބޭނުންވާ މެޓީރިއަލް ރިކުއެސްޓް ހެދުމުގައި ސުޕަވައިޒަރަށް އެހީތެރިވުން.
  3. ކޯޕަރޭޝަންގައި ބެހެއްޓިފައިހުރި އޭސީތައް ގޭސްއެޅުން އަދި ސަރވިސްކޮށް ރިޕެއަރކުރަންޖެހޭ އޭސީތައް ރިޕެއަރ ކުރުމުގެ މަސައްކަތްތައް ކުރުން.
  4. ކޯޕަރޭޝަންގައި އަލަށް އޭސީއެއް ބަހައްޓަން ޖެހިއްޖެނަމަ އޭސީތައް އިންސްޓޯލްކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  5. ކޯޕަރޭޝަންގައާއި ކޯޕަރޭޝަނުން އަންގާ ތަންތަނުގައި އޭސީތައް ބެހެއްޓުމާއި، އެބަހައްޓާ އޭސީތަކާއި ބެހޭގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  6. އޮޕަރޭޝަންސްގެ މަސައްކަތަށް ބުރޫނާރާނެ ފަދަ ގޮތަކަށް ރިޕެއަރ އަދި މެއިންޓެނަންސްގެ މަސައްކަތްތައް ކުރިއަށްގެންދިއުން.
  7. އޮޕަރޭޝަންސްގެ މަސައްކަތަށް ބުރޫނާރާނެ ފަދަ ގޮތަކަށް ރިޕެއަރ އަދި މެއިންޓެނަންސްގެ މަސައްކަތްތައް ކުރިއަށްގެންދިއުން.
  8. ޑިޕާޓްމަންޓުން ހަވާލުކުރާ މަޤާމާއި ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރުން.
  9. ކޯޕަރޭޝަނުގެ ޚިދުމަތްތައް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ކޯޕަރޭޝަނުގެ ހުރިހާ ޑިފާރޓްމަންޓްތަކާއެކު ގުޅިގެން މަސައްކަތްކުރުން.
  10. މިނޫންވެސް ކުންފުނިން ރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛
  • ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
  • އިންޓަރވިއު އަދި އިމްތިހާން

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) އިންޓަވިއުއަށް ދުރުވާ ފަރާތްތަކުން ހުށައަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ހިއްޕަވައިގެން އިންޓަވިއުއަށް ދުރުވުން އެދެމެވެ. ލިޔެކިޔުންތައް ނުގެނެވޭނަމަ އެލިޔުމަކަށް ލިބޭ މާކްސް އުނިކުރެވިގެން ދާނެއެވެ.

  1. ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 04 މަސްދުވަސް ހަމަނުވާ)
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:

2025 މެއި 29 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)، ސާފު ރާއްޖެ ބިލްޑިންގ (ގްރައުންޑް ފްލޯރ) ، ބޮޑުތަކުރުފާނުމަގު، މާލެ، ދިވެހިރާއްޖެއަށް ހުށަހެޅުއްވުން، ނުވަތަ [email protected] އަށް މެއިލްކުރެއްވުން.

އިންޓަރވިއު:

- އިންޓަރވިއުއާއި އިމްތިޙާނުކުރުން ޖޫން/ޖުލައި މަހުގައިކުރިއަށް ގެންދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ.

މަތީގައި ބަޔާން ކުރެވިފައިވާ އެޑްރެހަށް ނުވަތަ މެއިލްއަށް ލިބޭ ފޯމްތައް ފިޔަވާ އިތުރު ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

އިންޓަވިއުއަށް ދުރުވާ ފަރާތްތަކުން ހުށައަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ހިއްޕަވައިގެން އިންޓަވިއުއަށް ދުރުވުން އެދެމެވެ.

މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް 3000581 ފޯނަށް ގުޅުއްވުން އެދެމެވެ.

22 މޭ 2025