ބީލަން
ނަންބަރު: (IUL)227-AD-PM/227/2025/2
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2025
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 05 ޖޫން 2025 10:30
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއިން ދޭ މަޢުލޫމާތާއި ސްޕެސިފިކޭޝަންޝް އާއި އެއްގޮތަށް މިއިދާރާއަށް ބޭނުންވާ ކޮންފަރެންސް ކެމެރާ އަދި ކޮންފަރެންސް މައިކްރޯފޯން ސިސްޓަމެއް ސަޕްލައިކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ބިޑް ހުށައެޅުމުގެ ދަޢުވަތު

  1. މިއިދާރާއިން ދޭ މަޢުލޫމާތާއި ސްޕެސިފިކޭޝަންޝް އާއި އެއްގޮތަށް މިއިދާރާއަށް ބޭނުންވާ ކޮންފަރެންސް ކެމެރާ އަދި ކޮންފަރެންސް މައިކްރޯފޯން ސިސްޓަމެއް ސަޕްލައިކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް  ހޯދުމަށް ބޭނުން ވެއެވެ. ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް  26 މެއި 2025ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ރަޖިސްޓްރީ ވެލެއްވުން އެދެމެވެ.                  https://forms.office.com/r/QcXVbbCNuc?origin=lprLink 
  3. ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް މިއިދާރާގެ ވެބްސައިޓުން (shaviyani.gov.mv)  އަދި ދިވެހި ސަރުކާރުގެ ގެޒެޓުން (gazette.gov.mv) މިއަދުން ފެށިގެން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
  4. މި މަސައްކަތާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ. ނަމަވެސް ބީލަމާގުޅޭ އެންމެ ފަހުގެ މަޢުލޫމާތު މިއިދާގެ ވެބުސައިޓުގައި އަދާހަމަ ކުރެވެމުންގެންދެވޭނެއެވެ. އެމަޢުލޫމާތު ހޯދުމަކީ ބީލަމަށް ކުރިމަތިލާފަރާތުގެ ޒިންމާ އެކެވެ.
  5. މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ ‏2025‏ މެއި‏ 28ވާ ބުދަ ދުވަހުގެ 10:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް ސިޓީ/އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.  ސިޓީ/އީމެއިލްއިން ފޮނުވޭ ސުވާލުތަކުގެ ޖަވާބު، ‏2025‏ މެއި‏ 29 ވާ ބުރާސްފަތި  ދުވަހުގެ 13:00ގެ  ކުރިން، އެ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި  މެއިލްކުރެވޭނެއެވެ.
  6. ބިޑް ހުށައެޅުން އޮންނާނީ  ‏2025‏ ޖޫން‏ 05ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30ގައި މިއިދާރާގައެވެ. އީމެއިލް އަދި ފެކްސް މެދުވެރިކޮށް ހުށައެޅޭ ބިޑްތަކާއި ކަނޑައެޅިފައިވާ ތާރީޚާއި ގަޑީގެ ކުރިން ހުށައެޅޭ ބިޑްތައް ބަލައެއް ނުގަނެވޭނެއެވެ.
  7. ހުށައަޅާ ބިޑްތައް ވަޒަންކުރާނޭ މިންގަނޑާއި، ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
  8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.

ފޯން:       6540400، 6540463

އީމެއިލް:     [email protected]

ކޮޕީ: [email protected]  [email protected]

22 މޭ 2025