މަސައްކަތް
ނަންބަރު: (IUL)418-AS/418/2015/55
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:16
ސުންގަޑި: 08 ސެޕްޓެންބަރު 2015 10:00
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލްޙަޟާރާ މިސްކިތުގެ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ހޯދުން:

ނަޑެއްލާ މަސްޖިދުލްޙަޟާރާ މިސްކިތުގެ އާބާތުރަ ފިލުވުމުގެ ގޮތުން ކުރަންޖެހިފައިވާ މަރާމާތުތައް އަމިއްލަ ތަކެތީގައްޔާއި މި އިދާރާއިން ހަވާލުކުރާ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި ކުރެވުނު މި އިދާރައިގެ ނަންބަރު: IUL)418-AS/418/2015/47)ފ(24 އޮގަސްޓު 2015) އިޢުލާނާ ގުޅިގެން 3 ފަރާތުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، ނަޑެއްލާ މަސްޖިދުލްޙަޟާރާ މިސްކިތުގެ އާބާތުރަ ފިލުވުމުގެ ގޮތުން ކުރަންޖެހިފައިވާ މަރާމާތުތައް އަމިއްލަ ތަކެތީގައްޔާއި މި އިދާރާއިން ހަވާލުކުރާ ތަކެތީގައި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ ތިރީގައި މި ދަންނަވާ ގަޑިތަކުގައި މި އިދާރާގައެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީ ހިސާބު ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "މަސްޖިދުލްޙަޟާރާ މިސްކިތް މަރާމާތު ކުރުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

  1. މަޢުލޫމާތު ސާފުކޮށްދިނުން: 08 ސެޕްޓެންބަރު 2015 ވާ އަންގާރަ ދުވަހުގެ 10:00 ގައި.
  2. އަންދާސީހިސާބު ބަލައިގަތުން: 13 ސެޕްޓެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 10:00 ގައި.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

19 ޛުލްޤަޢިދާ 1436

03 ސެޕްޓެންބަރު 2015