ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)254/254/2025/34
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2025
ޕަބްލިޝްކުރި ގަޑި: 09:26
ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހއ.ތަކަންދޫގައި އިމާރަތް ކުރުމަށް ހަމަޖެހިފައިވާ ހިނަވާގެއާއި ގުޅޭ
ހއ.ތަކަންދޫގައި ހިނަވާގެއެއް އެޅުމުގެ މަސައްކަތް މިދަނީ ކުރަމުންނެވެ. މިގޮތުން ހިނަވާގެ އެޅުމުގެ އެންމެހާ ޚަރަދުތަކަށް 300000 (ތިންލައްކަ) ރުފިޔާ ޙަރަދުވާނެ ކަމަށް ލަފާކުރެވެއެވެ. ހިނަވާގެ އެޅުމަށް ކައުންސިލުން ވަނީ 100000 (އެއްލައްކަ) ރުފިޔާގެ ބަޖެޓެއް ކަނޑައެޅިފައެވެ. އަދި ބަޖެޓްގެ ބާކީ ހަމަޖެއްސުމަށް ގަސްތުކުރެވިފައިވަނީ ހެޔޮއެދޭ ފަރާތްތަކުގެ އެއްބާރުލުމާއި އެކުއެވެ.
ވީމާ، ހިނަވާގެ އެޅުމަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން 7456261 ނަންބަރަށް ގުޅުއްވައި އެހީތެރިކަން ފޯރުކޮށްދެއްވުން އެދި ދަންނަވަމެވެ.
22 މޭ 2025