ބީލަން
ނަންބަރު: (IUL)251-CA/251/2025/46
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2025
ޕަބްލިޝްކުރި ގަޑި: 16:30
ސުންގަޑި: 28 މޭ 2025 14:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ދިއްދޫ ޕްރީސްކޫލުގެ ދޮރުފަތްތައް ހަދައި ހަރުކުރުން

  1. ހއ. ދިއްދޫ އައު ޕްރީސްކޫލުގެ ދޮރުފަތްތައް ހަދައި ހަރުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. 
  2. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރާ ފޯމް ހުށަހެޅުމަށް ހަމަޖެހިފައިވަނީ  2025 މޭ 21 ވާ ބުދަ ދުވަހުގެ 9:00  އިން ފެށިގެން 2025 މޭ 28 ވާ ބުދަ ދުވަހުގެ 14:00 އާއި ހަމަޔަށް، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ މެއިލް [email protected]  އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ.

 

  1. މި މަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 5,000.00ރ (ފަސްހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑު ސެކިއުރިޓީގެ ފައިސާ ޖަމާކުރާނީ ދިއްދޫ ކައުންސިލްގެ 7714700364001 (1289 ރެވެނިއު 1) އެކައުންޓަށެވެ.  އަދި ބީލަން ހުށަހަޅާއިރު ފައިސާ ޖަމާކުރިކަމުގެ ސްލިޕް  ބީލަމާއެކު ހުށަހަޅަންވާނެއެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާދުވަހުން ފެށިގެން 120 ދުވަހެވެ.

 

  1. ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަން ބޭނުންވާނަމަ 2025 މޭ 21 ވާ ބުދަ ދުވަހުގެ 10:00 އިން ފެށިގެން 2025 ޖޫން 3 ވާ އަންގާރަ ދުވަހުގެ 12:00 އާއި ދެމެދު މި ކައުންސިލްގެ މެއިލްއަށް މެއިލްކޮށްދެއްވުން އެދެމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 2025ޖޫން 4 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، ބީލަމުގައި ރަޖިސްޓްރީ ކުރެއްވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
  2. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2025 ޖޫން 10 ވާ އަންގާރަ ދުވަހުގެ 10:30 ގައި ދިއްދޫ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ.
  3. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

21 މޭ 2025