ދިވެހިރާއްޖެ
މިރަށުގައި ކުލަގަދަކޮށް އަޟްހާއީދު ފާހަގަކުރުމުގެ ގޮތުން ކުޅިވަރު މުބާރާތްތަކެއް ބޭއްވުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. މިގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ކުޅިވަރު މުބާރާތްތަކުގެ މައުލޫމާތު ތިރީގައި އެވަނީ އެވެ.
- ފައިގަތަޅާ މުބާރާތް ( އަންހެން އަދި ފިރިހެން)
- ވާދެމުމުގެ މުބާރާތް (އަންހެން އަދި ފިރިހެން)
- މަސްރޭސް ( ދެ ޖިންސަށް )
ވީމާ މިމުބާރާތްތަކުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 27 މެއި 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ފުރިހަމަކޮށް މިކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުންއެދެމެވެ. މި މުބާރާތްތަކުގައި ބައިވެރިވުމަށް އެދޭ ފޯމް މިކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެވާހަކަ ދަންނަވަމެވެ. އަދި މީގެ އިތުރުން މިމުބާރާތްތަކުގެ ބައިވެރިވުމަށް އެދޭ ފޯމްތައް ޤަވާއިދާއެކު ގެޒެޓްކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި ކައުންސިލް އިދާރާގެ ނަމްބަރ 4000012 ފޯނަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ. އަދި އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ [email protected] އަށް މެއިލް ކޮއްދެއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށް ޢިއުލާންކުރީމެވެ.
23 ޛުލްޤައިދާ 1446