ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)362/362/2025/20
ޕަބްލިޝްކުރި ތާރީޚް: 21 މޭ 2025
ޕަބްލިޝްކުރި ގަޑި: 12:01
ސުންގަޑި: 16 ޖޫން 2025 00:11
މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ އައު ޢިމާރާތަށް ބޭނުންވާ ފަރނީޗަރ ހޯދުން

ނަންބަރ: (IUL)362/362/2025/20

އިޢުލާން

ކައުންސިލް އައު ޢިމާރާތައް ބެނުންވާ ފަރުނީޗަރު ގަތުމާއި ބެހޭ

      މިކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް، މި އިދާރާގެ އައު ޢިމާރާތަށް ބޭނުންވާ ފަރުނީޗަރު ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

            ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ކަރުދާހާއި އަދި ތިރީގައިވާ ތާވަލާ އެއްގޮތަށް ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ ސުންގަޑި:

27 މޭ 2025

އަންގާރަ

13:00

އަންދާސީހިސާބު ހުށަހެޅުން އަދި ހުޅުވުން:

16 ޖޫން 2025

ހޯމަ

11:00

  1. ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު ފުރުއްވައި މިއިދާރާގެ [email protected] އަށް އީ-މެއިލް ކުރެއްވުންއެދެމެވެ.
  2. މަތީގައި ބަޔާންކޮށްފައިވާ ބީލަން ރެޖިސްޓްރޭޝަން މަޢުލޫމާތު މި އިދާރާއަށް ލިބުނުކަން ކަށަވަރުކުރުމަކީ ބީލަންވެރީންގެ ޒިންމާއެކެވެ. ރަޖިސްޓްރީވިކަން ޔަޤީންކުރުމަށް ގުޅުއްވާނީ 6720602 އަށެވެ.
  3. ބީލަން ތައްޔާރުކުރަންވާނީ މި ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތު ކަރުދާހާ އެއްގޮތަށެވެ.
  4. މި ބީލަމާ ގުޅޭގޮތުން އިތުރު ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
  5. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީހިސާބާއި، ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް އަދި މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.
  6. ބީލަމުގައި ރަޖިސްޓްރީވުމުން ބީލަން ފޮތް އެފަރާތުން ދެއްވާފައިވާ އީމެއިލަށް ފޮނުވޭނެއެވެ.
  • އިތުރުމަޢުލޫމާތު ސާފުކުރުމަށް [email protected]  އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށް 6720602، 7910981 އަށް ގުޅުއްވުން އެދެމެވެ.

21 މޭ 2025

21 މޭ 2025