ދިވެހިރާއްޖެ
ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އައު އިމާރާތް ކުރުމުގެ މަސައްކަތް ކުރުމަށް ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި މި މަސައްކަތް ކޮންދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.
މި ބިޑްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ ބިޑު ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 28 މެއި 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން i[email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ދެވިފައިވާ މުއްދަތުގެ ތެރޭގައި ބިޑު ރަޖިސްޓްރޭޝަން ފޯމް ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ ދަންނަވަމެވެ. އަދި ބިޑް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް މި މަސައްކަތާގުޅޭ އެންމެހާ މަޢުލޫމާތާއި، ބިޑިންގ ޑޮކިއުމަންޓްސްތައް އީމެއިލް ކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ. ބީލަން ފޮތެއްގެ އަގަކީ 500.00 ރުފިޔާ އެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާނަމަ 27 މެއި 2025 ވާ އަންގާރަ ދުވަހުގެ ކުރިން ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމަތު އީމެއިލް ކުރެއްވުން އެދެމެވެ. ބިޑް ހުށަހެޅުން އޮންނާނީ 03 ޖޫން 2025 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގައި ކޮލަމާފުށީ ކައުންސިލް އިދާރާގައެވެ.
މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ތަންތަނާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މި ބިޑަށް ކުރިމަތިލާ ފަރާތްތަކުން 2,500ރ (ދެ ހާސް ފައްސަތޭކަ ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންވާނެއެވެ. އަދި ބިޑް ކާމިޔާބުކުރާ ފަރާތުން މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބިޑް ހުށަހަޅާ އަގުގެ %2 ގެ ޕާރފޯމެންސް ގެރެންޓާރ އެއް ހުށަހަޅަން ވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ފޯނު ނަންބަރު: 6820017
އީ-މެއިލް: [email protected]
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
23ޛުލްޤަޢިދާ 1446