ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)368/368/2025/23
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2025
ޕަބްލިޝްކުރި ގަޑި: 15:33
ސުންގަޑި: 29 މޭ 2025 14:00
މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ފޯމަށް ޕޮއިންޓްދީފައިވާގޮތުގެ ވަގުތީ ލިސްޓް އާންމުކުރުމާއި، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

މުލަކަތޮޅު ދިއްގަރު ކައުންސިލް އިދާރާގެ ނަންބަރު: IUL)368/368/2024/36، (IUL)368/368/2024/30) އަދި IUL)368-AS/368/2024/38) އިޢުލާނާއި ގުޅިގެން، ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް، ގޯތި ކޮމެޓީއިން ޕޮއިންޓް ދީފައިވާގޮތުގެ ވަގުތީ ލިސްޓް، މި އިޢުލާނާއިއެކު އާންމުކުރީމެވެ.        

ވީމާ، ޕޮއިންޓް ދީފައިވާގޮތާމެދު، ޝަކުވާ ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން، 2025 މޭ 29 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން، 'މ. ދިއްގަރުން ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށައަޅާފައިވާ މީހުންނަށް ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމް' މެދުވެރިކޮށް، އެ ޝަކުވާއެއް ހުށަހެޅުއްވުން އެދެމެވެ. ޝަކުވާ ފޯމު ދޫކުރުމާއި ބަލައިގަތުން ރަސްމީ ގަޑީގައި މި އިދާރާގައި ހަމަޖެހިފައި ހުންނާނެއެވެ. އީމެއިލް މެދުވެރިކޮށް މި ފޯމު ފޮނުއްވާނަމަ، [email protected] އަށް ފޮނުއްވުން އެދެމެވެ.

20 މޭ 2025