ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305/305/2025/66
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2025
ޕަބްލިޝްކުރި ގަޑި: 14:50
ސުންގަޑި: 25 މޭ 2025 12:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ ކައުންސިލް އޮފިސަރ މަޤާމަށް ކުރިމަތީ ފަރާތްތަކުގެ A2 ޝީޓު ޢާންމު ކުރުން

 

އިޢުލާން

ސީނިއަރ ކައުންސިލް އޮފިސަރ މަޤާމަށް ކުރިމަތީ ފަރާތްތަކުގެ A2 ޝީޓު ޢާންމު ކުރުން

މި އިދާރާގެ ނަންބަރު: (IUL)305-CA305/305/2025/20 (24 އޭޕްރީލް 2025) އިޢުލާނާ ގުޅިގެން ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުގެ A2 ޝީޓު މި އިޢުލާނާއެކު ޢާންމު ކުރީމެވެ. މި A2 ޝީޓާމެދު އެއްވެސް ޝަކުވާއެއްވާނަމަ 25 މެއި 2025 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ލިޔުމަކުން މި އިދާރާގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ މި އިދާރާގެ އީމެއިލް އެޑްރެސް: [email protected] އަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 ން 13:30 އާއި ދެމެދު މި އިދާރާގެ ނަންބަރު 6584030 ފޯނާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ޛުލްޤަޢިދާ 1446

20 މޭ 2025